1 ޞަމޫއީލް 12:2 - ކިތާބުލް މުޤައްދަސާ2 އަހަރެން މިހިރީ މިހާރު މުސްކުޅިވެ ބޯ ހުދު ވެފައި. ދެން ކަލޭމެންނަށް މަގުދައްކާނީ ކަލޭމެންގެ ރަސްގެފާނު. އަހަރެންގެ ދަރިން ކަލޭމެންނާ އެކުގައި ތިބޭނެ. އަހަރެން ކުޑައިރުއްސުރެން މިހާތަނަށް ކަލޭމެންނަށް މަގު ދައްކައިދެމުން ގެންދިޔައިން. အခန်းကိုကြည့်ပါ။ |
ތިމަން ކަލާނގެއަށްޓަކައި ޚާލިސްކޮށް އިސްރާއީލުގެ މީހުން ގެނައުމަށް އެންގުނު ޤުރުބާނީ ތަކެއްޗާއި މެދު ކަލޭމެން އިހާނާތްތެރި ވަނީ ކީއްވެ؟ ތިމަން ކަލާނގެއަށް ވުރެން ބޮޑަށް ކަލޭ ޤަދަރު ކުރަނީ ކަލޭގެ ދަރިންނަށް. ތިމަންކަލާނގެއަށް އިސްރާއީލީން ގެންނަ ވެދުންތަކުގެ އެންމެ ރަނގަޅުބައި ކައި ކައިގެން ކަލޭމެން ފަލަވަމުން ތިޔަ ދަނީ ކީއްވެތަ؟