Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 12:17 - ކިތާބުލް މުޤައްދަސާ

17 މިއީ ގޮވާން ކަނޑާ ހޫނު މޫސުން ނޫންތަ؟ ގުގުރައި ވިއްސާރަވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަން. ދެން ކަލޭމެންނަށް އެނގޭނެ ރަސްކަލަކު ކަލޭމެންގެ މައްޗަށް އިސްކުރީ ކަލޭމެން ގޯހުން ކުރި ކަމެއް ކަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 12:17
13 ပူးပေါင်းရင်းမြစ်များ  

އޭގެ އަނެއް ދުވަހު މޫސާގެފާނު އިސްރާއީލީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވަނީ ބޮޑުވެގެންވާ ފާފައެއް ކޮށްފައި. އެކަމަކު އަހަރެން މާތްރަސްކަލާނގެ ޙަޟްރަތަށް ފަރުބަދަ މައްޗަށް ދާނަން. ފަހަރުގައި އަހަރެންނަށް އެކަލާނގެ ޙަޟްރަތުން ކަލޭމެންނަށް އަފޫއާންމެއް ހޯދައި ދެވިދާނެ.⁠“


މޮޔައިންނާ ޝަރަފުވެރިކަމާ ދެމެދު އޮންނަ ގުޅުމެކޭ ޚަރީފު މޫސުމުގައި ފައިބާ ސުނޯ އެކޭ ހޫނު މޫސުމުގައި ވެހޭ ވާރެއެކޭ ތަފާތެއްނެތެވެ.


ނިކަން ދެކެބަލަ. މިހުންނެވީ ކަލޭމެން ކަލޭމެންގެ މައްޗަށް އިސްކޮށްފައިވާ ރަސްގެފާނު. ކަލޭމެން އެދުނު ފަދައިން މާތްރަސްކަލާނގެ މިވަނީ ކަލޭމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދެއްވާފައި.


ދެން އެމީހުން ޞަމޫއީލްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް އަޅުގަނޑުމެން މިކުރި ފާފައިގެ ސަބަބުން އަޅުގަނޑުމެންނަށް މުސީބާތެއް ނުފޮނުއްވުން އެދި ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައި ދެއްވާ.⁠“


މިއަޅާގެ މާތްރަސްކަލާނގެއާ ދެކޮޅުވެރިވާ ފަރާތެއް ފުނޑުފުނޑުވެ ހަލާކުވެދާނެ. އަދި އުޑުން ގަދަވެގެންވާ ގުގުރުމަކާއެކު ފޮނުއްވާ ކޯފާއަކުން އެމީހުން ކުދިކުދިވެގެން ދާނެ. އަދި އެކަލާނގެ ދުނިޔޭގެ ކަންކޮޅުތަކަށް ބައްލަވައި ވޮޑިގެން އިންސާފު ކުރައްވާނެ. އަދި އެކަލާނގެ ހޮއްވަވާ ރަސްކަލަކު ބާރުވެރި ކުރައްވާނެ. އެކަލާނގެ ޚިޔާރުކުރެއްވި ޚާދިމަށް ގަދަކަން ދެއްވާނެ.⁠“


ދެން ޞަމޫއީލް ބަނީއިސްރާއީލުގެ ހުރިހާ އެންމެންނަށް އެންގެވިއެވެ. ”⁠ކަލޭމެން އެންމެން މިޞްފާތަށް އެއްވޭ. އަހަރެން ކަލޭމެންނަށްޓަކައި ދުޢާ ދަންނަވާނަން.⁠“


މި މީހުން ރަސްކަލަކު އިސްކުރަން ވާހަކަ ދެއްކުމުން އެކަން ޞަމޫއީލަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ.


މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އެމީހުން އެދޭ ކަންތަކުގެ އަޑުއަހާ. އެމީހުންނަށް ކަމުނުދަނީ ކަލޭގެ ވެރިކަމެއް ނޫން. އެމީހުންނަށް ކަމުނުގޮސްގެން އެ އުޅެނީ ތިމަންކަލާނގެ ވެރިކަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ