16 މިހާރު ކަލޭމެން ހިމޭންވެ ތިބެ ކަލޭމެންގެ ލޮލުގެ ކުރިމައްޗަށް މާތްރަސްކަލާނގެ ގެންނަވާނެ މަތިވެރި ކަންތަކާ މެދު ފިކުރުކޮށްބަލަ.
އެކަމަކު މޫސާގެފާނު ވިދާޅުވިއެވެ. ”ބިރު ނުގަނޭ. ހަމަ ޖެހިގެން ތިބޭ. މާތްރަސްކަލާނގެ މިއަދު ކަލޭމެން ސަލާމަތް ކުރައްވާތަން ބަލަން ތިބޭ. މިއަދު ކަލޭމެންނަށް މިފެންނަ މިޞްރު މީހުންނެއް ދެނެއް ކަލޭމެންނަކަށް ނުފެންނާނެ.
މާތްރަސްކަލާނގެ ކުޅަދުންވަންތަ ގަދަފަދަ ބާރުފުޅު މިޞްރުގެ މީހުންގެ މައްޗަށް ދެއްކެވިތަން ފެނުމުން އިސްރާއީލީން ހައިރާންވެ ބިރުގެންފައި ތިއްބެވެ. އެމީހުން މާތްރަސްކަލާނގެއާއި އެކަލާނގެ ޚާދިމު މޫސާގެފާނަށް އީމާންވެ ތިއްބެވެ.
ކަލޭމެން މިތަނަށް އައިސް މާތްރަސްކަލާނގެ ޙަޟްރަތުގައި ކޮޅަށް ތިބޭ. ކަލޭމެންނަށާއި ކަލޭމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ކޮށްދެއްވާފައި ވާ ގިނަގުނަ ހެޔޮ ކަންތައްތަކުގެ ވާހަކަ ކަލޭމެންނާ ކުރިމަތިލައި އަހަރެން ކިޔާދޭނަން.
”މަޑުކުރައްވާ!“ ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ ގާތު ރޭ މާތްރަސްކަލާނގެ އެންގެވި ވާހަކަތައް ކަލޭގެފާނުގެ ގާތު ދަންނަވަންދެން އިހަށް މަޑުކުރައްވާ.“ ”ވިދާޅުވޭ.“ ޝާއުލްގެފާނު ވިދާޅުވިއެވެ.