Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 11:15 - ކިތާބުލް މުޤައްދަސާ

15 ދެން އެންމެން ޖިލްޖާލަށް ގޮސް މާތްރަސްކަލާނގެ ޙަޟްރަތުގައި އެރަށުގެ ރަސްކަމަށް ޝާއުލް އިސްކޮށްފި އެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ހުށަހަޅައި އިސްރާއީލުގެ އެންމެންނާއި ޝާއުލް އުފާ ފާޅުކުރަމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 11:15
12 ပူးပေါင်းရင်းမြစ်များ  

ދެން ރަސްގެފާނު އުރުދުން ކޯރާ ހަމަޔަށް ވަޑައިގެންފިއެވެ. އޭރު ޔަހޫޛާގެ މީހުން އެކަލޭގެފާނަށް މަރުހަބާ ކިއުމަށް އުރުދުން ކޯރުގެ އައްސޭރިއަށް ޖިލްޖާލަށް އައިސް ތިއްބެވެ.


ދެން އެކަލޭގެފާނު އިސްރާއީލީންގެ ފިރިހެން ޒުވާނުންތަކެއް ފޮނުއްވައި އެތަނުގައި އެންދުމުގެ ޤުރުބާނީއެއް ކުރެއްވިއެވެ. އަދި ގެރި ކަތިލައި ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ވެސް މާތްރަސްކަލާނގެއަށް ހުށަހެޅުއްވިއެވެ.


ނަމަވެސް މި ހިނދު ކަލޭމެން ވަނީ ބޮޑާވެ ސަޅިބައިސާ ކެނޑުމުގައެވެ. މިފަދައިން ފޮނިކެނޑުމަކީ ނުބައިވެގެންވީ ކަމެކެވެ.


ޞަމޫއީލްގެފާނު އިސްރާއީލީންގެ އެންމެން މާތްރަސްކަލާނގެ ޙަޟްރަތަށް، މިޞްފާތަށް އެއްވުމަށް އެންގެވިއެވެ.


ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއީ ކަލޭމެންގެ ވެރިޔަކަށް މާތްރަސްކަލާނގެ ހޮއްވެވި މީހަކީ. ކަލޭމެން ބަލާބަލަ. މިވަރުގެ މީހަކު ކަލޭމެން ތެރެއަކު ނެތެއްނު.⁠“ ދެން މީހުން ”⁠ރަސްގެފާނު ޒިންދާބާދު⁠“ އޭ ކިޔާ ހަޅޭލަވަން ފަށައިފޫއެވެ.


ދެން ކަލޭގެފާނު ޖިލްޖާލަށް ގޮސް ހަތް ދުވަސް ވަންދެން އެތާ ހުންނަވާ! އަހަރެން އަންނާނަން ކަލޭގެފާނުގެ ގާތަށް އަންދައި ޤުރުބާނީ ވެދުން ކުރާށާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ކުރުމަށް. އޭގެ ފަހުން ދެން ކަންތައް ކުރަން ވީ ގޮތް އަހަރެން ބުނެދޭނަން.⁠“


ދެން ޞަމޫއީލްގެފާނު ބަނީއިސްރާއީލުގެ އެންމެނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. ”⁠ކަލޭމެން އެދުނު ކަންތައް އަހަރެން މިވަނީ ހަމަޖައްސައި ދީފައި. ކަލޭމެން އެދުނީ ކަލޭމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދިނުމަށް. އެކަން އެވަނީ ކޮށް ދީފައި.


މިއީ ގޮވާން ކަނޑާ ހޫނު މޫސުން ނޫންތަ؟ ގުގުރައި ވިއްސާރަވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަން. ދެން ކަލޭމެންނަށް އެނގޭނެ ރަސްކަލަކު ކަލޭމެންގެ މައްޗަށް އިސްކުރީ ކަލޭމެން ގޯހުން ކުރި ކަމެއް ކަން.⁠“


އެކަމަކު އެމީހުން ޞަމޫއީލްގެ އަޑެއް ނޭއްސެވެ. ”⁠ނޫނެކޭ.⁠“ އެމީހުން ބުންޏެވެ. ”⁠އަހަރެމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދީ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ