14 ޞަމޫއީލް ވިދާޅުވިއެވެ. ”އަހަރެމެން ޖިލްޖާލަށް ދާން ހިނގާ. އެ ސަހަރުގައި ޝާއުލް އަލުން ރަސްކަމަށް އިސް ކުރާނީ.“
ދެން ރަސްގެފާނު އުރުދުން ކޯރާ ހަމަޔަށް ވަޑައިގެންފިއެވެ. އޭރު ޔަހޫޛާގެ މީހުން އެކަލޭގެފާނަށް މަރުހަބާ ކިއުމަށް އުރުދުން ކޯރުގެ އައްސޭރިއަށް ޖިލްޖާލަށް އައިސް ތިއްބެވެ.
ދެން ކަލޭގެފާނު ޖިލްޖާލަށް ގޮސް ހަތް ދުވަސް ވަންދެން އެތާ ހުންނަވާ! އަހަރެން އަންނާނަން ކަލޭގެފާނުގެ ގާތަށް އަންދައި ޤުރުބާނީ ވެދުން ކުރާށާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ކުރުމަށް. އޭގެ ފަހުން ދެން ކަންތައް ކުރަން ވީ ގޮތް އަހަރެން ބުނެދޭނަން.“
ދެން ޞަމޫއީލްގެފާނު ބަނީއިސްރާއީލުގެ އެންމެނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. ”ކަލޭމެން އެދުނު ކަންތައް އަހަރެން މިވަނީ ހަމަޖައްސައި ދީފައި. ކަލޭމެން އެދުނީ ކަލޭމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް ދިނުމަށް. އެކަން އެވަނީ ކޮށް ދީފައި.
އަނެއްދުވަހު ހެނދުނު އަޝްދޫދު މީހުން އަޅުކަން ކުރަން ގޮސް ބަލާލިއިރު ދާޖޫން ބުދު އޮތީ މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމައްޗަށް ބިންމައްޗަށް އަނގަވަތަށް ވެއްޓިފައެވެ. ދެން އެމީހުން އެ ބުދު ނަގައި އަނެއްކާވެސް އެ ހުރި ތަނުގައި ބަހައްޓައިފިއެވެ.
އަދި ކޮންމެ އަހަރަކު ބައިތުއީލް އިން ޖިލްޖާލު އިން މިޞްފާތަށް ބުރުޖަހައި އެމީހުންގެ މައްޗަށް ފަޑިޔާރުކަން ކުރެއްވިއެވެ.