Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 10:7 - ކިތާބުލް މުޤައްދަސާ

7 މި ނިޝާންތައް ފެނުމުން ކަލޭގެފާނު ކަންތައް ކުރަން ފެނިލައްވާ ގޮތަކަށް ކުރައްވަންވީ. އެހެނީ މާތްކަލާނގެ އޭރުން ކަލޭގެފާނާ އެކު ވޮޑިގެންވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 10:7
20 ပူးပေါင်းရင်းမြစ်များ  

އިސްމާޢީލްގެފާނު ބޮޑުފުޅުވަމުން އައި ހިނދު އެކަލޭގެފާނަށް މާތްކަލާނގެ ރަޙުމަތްލެއްވިއެވެ. އެކަލޭގެފާނަށް ވަނީ ދުނި ދަނޑި ޖެހުމުގެ ހުނަރުތައް ވެސް ލިބިވަޑައިގެންފައެވެ.


ނާޘާން ނަބީކަލޭގެފާނު ދެންނެވިއެވެ. ”⁠ކަލޭގެފާނު ހިތްޕުޅާވާ ގޮތަކަށް ކަންތައް ކުރައްވަންވީނު. މާތްރަސްކަލާނގެ ވަނީ ކަލޭގެފާނާ އެކު.⁠“


އެކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އެމީހުންނަށް ފުރަތަމަ މުޢުޖިޒާތް ދެއްކުމުން ވެސް ގަބޫލުނުކޮއްފިނަމަ ދެވަނަ މުޢުޖިޒާތް ދައްކާ.


ގެރިބަކަރި އެއްޗިއްސަށް ކާންދޭ ހުއި އަޅާ ފޮއްޓެއްގެ ތެރޭ ފޮތިކޮޅަކުން ނިވާ ކުރެވިފައިވާ ކުޑަފިރިހެން ކުއްޖަކު ކަލޭމެންނަށް ފެންނާނެ. އެކަލޭގެފާނު ކަލޭމެންނަށް ފާހަގަވާނެ ހެއްކަކީ އެއީ.⁠“


އެތާނގައި ތިބި މީސްތަކުންނަށް އީސާގެފާނު މި ދެއްކެވި މުޢުޖިޒާތް ފެނުމުން އެމީހުން ބުންޏެވެ. ”⁠ހަމަ ކަށަވަރުން ވެސް މިއީ ދުނިޔެއަށް ފޮނުއްވާނެ ރަސޫލާ ކަން ޔަޤީން.⁠“


ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.


މިކަމުގެ ހެއްކެއްގެ ގޮތުން ކަލޭގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް އެއްދުވަހަކުމެ މަރުވާނެ ގޮތް މެދުވެރި ކުރާނަން.


ބައްޕަ ކޯފާވެފައި ހުންނެވި ނަމަ އެކަން ކަލެއަށް އަންގައި ކަލެއަށް ރައްކާތެރިކަން ދޭނަން. މި ގޮތުގެ މަތިން އަހަރެން ކަންތައް ނުކޮށްފިނަމަ މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ކިތަންމެ ބޮޑު ކޯފާއެއް ފޮނުއްވިޔަސް ހެޔޮ. އަހަރެންގެ ބައްޕައާއެކު މާތްރަސްކަލާނގެ ވޮޑިގެން ވީފަދައިން ކަލެއާއެކު ވެސް އެކަލާނގެ ވޮޑިގެން ވާށި.


ޞަމޫއީލް ބޮޑުވެ ތަސައްރަފު ފުދެންދެން މާތްރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވިއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް އެންގެވި އެއްވެސް އެންގެވުމެއް ކައްޗަކާ ގޮސްފައެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ