1 ޞަމޫއީލް 10:3 - ކިތާބުލް މުޤައްދަސާ3 ދެން ކަލޭގެފާނު އެތަނުން ކުރިއަށް ދުރުވެ ތާބޫރުގެ ބޮޑު ގަހާ އަރާހަމަ ވާތަނާ ތިން މީހަކު އަންނަތަން ކަލޭގެފާނަށް ފެންނާނެ. އެމީހުން ދާނީ ބައިތުއީލުގައި ހުރި މާތްކަލާނގެ ފަރުބަދައަށް ދިއުމަށް. އެތަނުން އެކަކު ދާނީ ތިން ޅަބަކަރި ގޮވައިގެން. އަނެކެއްގެ އަތުގައި އޮތް ޓުކުރިއެއްގައި ތިން ބޯރޮށި އޮންނާނެ. އަނެއް މީހާގެ އަތުގައި މޭބިސްކަދުރު ދިޔައިގެ ހަމެއް އޮންނާނެ. အခန်းကိုကြည့်ပါ။ |
މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ވަޙީކުރެއްވިއެވެ. ”ބައިތުއީލްއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާ! އެއީ ތިބާގެ ބޭބެ ޢީސޫއަށް ތިބާއަށް ފިލަން ދުވި ހިނދު އެތަނެއްގައި ތިބާގެ ކުރިމައްޗަށް ތިމަންކަލާނގެ ފާޅުވެގެންވިތަންމެ. އަދި ތިމަންކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށް ޚާއްސަ އައްޓެއް އެތަނުގައި ބިނާކުރޭ.“
މިތަން ދޫކޮށް އަހަރެމެން ބައިތުއީލްއަށް ދިއުމަށް އަވަސްވޭ. އެ އަވަށުގައި މާތްކަލާނގެ ކިބަފުޅަށް މުޤައްދަސް އައްޓެއް އަހަރެން ޢިމާރާތް ކުރަންޖެހޭ. އެކަލާނގެއީ އަހަރެން މުސީބާތުގައި ވީ ހިނދު އަހަރެންނަށް އެހީތެރިވެވޮޑިގެންނެވި ކަލާނގެ. އަދި އަހަރެން ކޮންމެތަނަކަށް ދިޔަނަމަވެސް އެތަނެއްގައި އެކަލާނގެ އަހަރެންނާއި އެކުގައި ވޮޑިގެންވޭމެ.“