1 ޞަމޫއީލް 10:24 - ކިތާބުލް މުޤައްދަސާ24 ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މިއީ ކަލޭމެންގެ ވެރިޔަކަށް މާތްރަސްކަލާނގެ ހޮއްވެވި މީހަކީ. ކަލޭމެން ބަލާބަލަ. މިވަރުގެ މީހަކު ކަލޭމެން ތެރެއަކު ނެތެއްނު.“ ދެން މީހުން ”ރަސްގެފާނު ޒިންދާބާދު“ އޭ ކިޔާ ހަޅޭލަވަން ފަށައިފޫއެވެ. အခန်းကိုကြည့်ပါ။ |
އަޅުގަނޑުމެންނަށް ޝާއުލްގެފާނުގެ ހަތް ފިރިހެން ދަރިން ދެއްވާ. ޝާއުލްގެފާނަކީ މާތްރަސްކަލާނގެ އިސްކުރެއްވި ރަސްކަލެއް. އެހެންވީމާ އެކަލޭގެފާނުގެ ދަރިން ޖިބްއާގެ ފަރުބަދަ މަތީ މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ދަންޖައްސާލެވޭނެ.“ ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”އެންމެ ރަނގަޅު. އަހަރެން އެމީހުން ކަލޭމެންނާ ހަވާލު ކޮށްފާނަން.“
އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!“