Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 10:21 - ކިތާބުލް މުޤައްދަސާ

21 އެ ހުރިހާ ގަބީލާއެއްގެ ތެރޭން ގުރުއަތުން ހޮވުނީ ބަންޔާމީންގެ ގަބީލާއެވެ. ދެން އެ ގަބީލާގެ ތެރޭން ހޮވުނީ މަތުރީގެ އާއިލާއެވެ. އެ އާއިލާއިން ހޮވުނީ ޤައިޝްގެ ދަރި ޝާއުލް އެވެ. އެމީހުން ޝާއުލްގެފާނު ހޯދި އިރަކު އެކަލޭގެފާނެއް އެތާނކު ނެތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 10:21
7 ပူးပေါင်းရင်းမြစ်များ  

އަބްނައިރު މި މޭރުމުން ބަންޔާމީންގެ މީހުންނާ ވެސް ވާހަކަ ދައްކައިފިއެވެ. ދެން އިސްރާއީލީންނާއި ބަންޔާމީންގެ ވެރިން ބޭނުންވާ ގޮތުގެ ވާހަކަ ދާއޫދުގެފާނަށް ދެންނެވުމަށް އޭނާ ޙަބްރޫނަށް ހިނގައްޖެއެވެ.


ބާރު ގަދަ ދެމީހެއްގެ ދެމެދު ކުރެވޭ ޒުވާބެއް ގުރުއަތުލައިގެން ހުއްޓުވިދާނެއެވެ.


މި މުސީބާތެއް އެމީހުންނަށް މި ލައިގަތީ ކީއްވެތޯ ބެލުމަށް ފަޅުވެރިން އޭރު ދަނީ ފާލު ބަލަމުންނެވެ. ފާލަށް އެރީ އެކަލޭގެފާނެވެ.


ދެން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދެންނެވުމުން މާތްރަސްކަލާނގެ އެމީހުންނަށް ކީޝްގެ ދަރި ޝާއުލް ރަސްކަލެއްގެ ގޮތުގައި ދެއްވި. ޝާއުލް އަކީ ބިންޔާމީން ގަބީލާގެ މީހެއް. އޭނާ ސާޅީސް އަހަރުވަންދެން ރަސްކަން ކުރެއްވި.


ދެން ޞަމޫއީލްގެފާނު އިސްރާއީލުގެ ހުރިހާ ގަބީލާއެއް އެކަލޭގެފާނު ކުރިފުޅުމައްޗަށް ގެންނެވިއެވެ.


ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އެ މީހާ މިތާނގައި ނެތީތޯ؟⁠“ އެކަލާނގެ އެންގެވިއެވެ. ”⁠އޭނާ ފޮށިތަންމަތިތަކުގެ ތެރޭ ފިލާ އެބައޮތް.⁠“


ޤައިޝްގެ ދަރި ޝާއުލް އަކީ ޒުވާން ރީތި ފިރިހެނެކެވެ. ބަނީއިސްރާއީލުންގެ ތެރޭގައި އެފަދަ ދެވަނައެއް ނުވާހާ ފުރިހަމަ މީހެކެވެ. އޭނާގެ އިސްކޮޅު އިސްރާއީލުންގެ ދެންތިބި މީހުންނަށް ވުރެން އެއް ފޫޓު ދިގެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ