Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 10:20 - ކިތާބުލް މުޤައްދަސާ

20 ދެން ޞަމޫއީލްގެފާނު އިސްރާއީލުގެ ހުރިހާ ގަބީލާއެއް އެކަލޭގެފާނު ކުރިފުޅުމައްޗަށް ގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 10:20
9 ပူးပေါင်းရင်းမြစ်များ  

އަބްނައިރު މި މޭރުމުން ބަންޔާމީންގެ މީހުންނާ ވެސް ވާހަކަ ދައްކައިފިއެވެ. ދެން އިސްރާއީލީންނާއި ބަންޔާމީންގެ ވެރިން ބޭނުންވާ ގޮތުގެ ވާހަކަ ދާއޫދުގެފާނަށް ދެންނެވުމަށް އޭނާ ޙަބްރޫނަށް ހިނގައްޖެއެވެ.


މި މުސީބާތެއް އެމީހުންނަށް މި ލައިގަތީ ކީއްވެތޯ ބެލުމަށް ފަޅުވެރިން އޭރު ދަނީ ފާލު ބަލަމުންނެވެ. ފާލަށް އެރީ އެކަލޭގެފާނެވެ.


މިހާތަނަށް ކަލޭމެންނަށް ދިމާވި ހުރިހާ ކަމަކުން ކަލޭމެން ސަލާމަތް ކުރެއްވި މާތްކަލާނގެއަށް ރައްދު ދީ އެކަލާނގެ ފިޔަވައި ތިމަންމެންގެ މައްޗަށް ވެރިކަން ހިންގުމަށް ރަސްކަލަކު އިސްކޮށް ދިނުމަށް އެދެފީމު. ކަލޭމެން ބުނީމު. ތިމަންމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދޭށޭ. ވީއިރު ކަލޭމެންގެ މައްޗަށް ވެރިޔަކު ހަމަޖެއްސެވުމަށްޓަކައި ކަލޭމެންގެ ގަބީލާ ތަކާއި އާއިލާތައް މިތަނަށް މާތްރަސްކަލާނގެ ޙަޟްރަތަށް ގެނޭ.⁠“


އެ ހުރިހާ ގަބީލާއެއްގެ ތެރޭން ގުރުއަތުން ހޮވުނީ ބަންޔާމީންގެ ގަބީލާއެވެ. ދެން އެ ގަބީލާގެ ތެރޭން ހޮވުނީ މަތުރީގެ އާއިލާއެވެ. އެ އާއިލާއިން ހޮވުނީ ޤައިޝްގެ ދަރި ޝާއުލް އެވެ. އެމީހުން ޝާއުލްގެފާނު ހޯދި އިރަކު އެކަލޭގެފާނެއް އެތާނކު ނެތެވެ.


އެހެންވެ ޝާއުލްގެފާނު އަމުރުކުރެއްވިއެވެ. ”⁠މިތަނަށް ފައުޖުގެ ހުރިހާ ސަރުދާރުން ގެނޭ. ގެނެސް އަހާ އަހަރެމެންނަށް މާތްރަސްކަލާނގެ ޖަވާބެއް ނުދެއްވީ އެމީހުން ކުރި ކޮން ކުށެއްގެ ސަބަބުންތޯ.


ދެން ޝާއުލްގެފާނު އިސްރާއީލުގެ އިލާހު، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ އަޅުންނަށް މިއަދު ޖަވާބު ނުދެއްވީ ކީއްވެތޯ؟ އަޅާއި އަޅުގެ ދަރިފުޅުގެ ފަރާތުން ވީކަމެއް ނަމަ އެކަން ގުރުއަތުން ދައްކަވައި ދެއްވާ⁠“ މި ގުރުއަތުން ނުކުތީ ޔޫނަތައިން އާއި ޝާއުލްގެފާނުގެ ނަންފުޅެވެ. ދެން އެހެންމީހުން ތުހުމަތުން ބަރީއަ ވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ