1 ޞަމޫއީލް 10:2 - ކިތާބުލް މުޤައްދަސާ2 މިއަދު ކަލޭގެފާނު ދުރުވާ މަގުމަތީގައި ބަންޔާމީން ސަރަހައްދުގައި ޒަލްޒަޢުގައިވާ ރާޙީލްގެ ގަބުރުސްތާނާ އަރާ ހަމަވާ ތަނުން ދެ މީހަކު އައިސް ކަލޭގެފާނުގެ ގާތު ބުނާނެ. ’ކަލޭގެ ބައްޕަ އެބަ ބުނެޔޭ ގެއްލިގެން ތިޔަ ހޯދާ ހިމާރު ތައް ފެނިއްޖެއޭ. އެކަމަކު މަގޭ ދަރި ވީތަނެއް ނޭނގުނޭ.‘ အခန်းကိုကြည့်ပါ။ |
އަހަރެން މި ހުރިހާ ކަމެއް މިފަދައިން މިކުރަނީ ތިބާގެ މައިކަނބަލުން ރާޙީލްއަށްޓަކައި. އަހަރެން ހުޅަނގު އުތުރު މެސޮޕޮޓޭމިއާއިން ދަތުރުކޮށް އައި މަގުމަތީގައި އަފްރާތާ އާއި މާ ދުރުނޫން ހިސާބެއްގައި ކަންޢާނުގައި ރާޙީލް ނިޔާވި. އޭރު އަހަރެމެން ދަތުރު ކުރަމުން ގެންދިޔައީ އަފްރާތާ އާއި ދިމާލަށް. މިކަންތަކުން އަހަރެންނަށް ވަރަށް ހިތްދަތިކަން ލިބުނު. އަދި އަފްރާތާއަށް ދާ މަގުގެ އެއްފަރާތުގައި އަހަރެން އޭނާ ވަޅުލިން.“ (މިހާރު އަފްރާތާގެ ނަމަކީ ބައިތުލަޙަމެވެ.)