16 ޝާއުލްގެފާނު ވިދާޅުވިއެވެ. ”ވިދާޅުވީ ހިމާރުތައް ފެނިއްޖެޔޭ.“ އެކަމަކު އެކަލޭގެފާނަށް ރަސްކަން ލިބުނު ވާހަކައެއް ބޮޑުބޭބެގެ ގާތަކު ވިދާޅެއް ނުވެއެވެ.
ދެން މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ޔަޘްރޫ ގާތަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”މިޞްރުގައި ތިބި އަހަރެންގެ ތިމާގެމީހުންގެ ހާލު ބަލާލަން ގޮސްފައި އައުމުގެ ހުއްދަ ދެއްވާ. މިހާރު އެމީހުން ދުނިޔޭގައި ތިބި ނެތް ކަމެއް ވެސް ނޭނގެ.“ ”ސަލާމަތް ކަމާއެކު ދޭ!“ ޔަޘްރޫ ބުންޏެވެ.
ވިސްނޭ މީހާ އެނގޭހާ އެއްޗެއް ބުނެ ފާޅުކުރަމުންނެއް ނުހިނގައެވެ. މޮޔަމީހާ ދާހާތަނަކަށް ޖާހިލުކަން ފަތުރަމުން ހިނގައެވެ.
މޮޔައިން އަވަހަށް ރުޅި ބާލައެވެ. ބުއްދިވެރިޔާ ރުޅިމަތަ ކުރެއެވެ.
ބޮޑުބޭބެ އެއްސެވެ. ”ކީކޭތަ ޞަމޫއީލްގެފާނު ވިދާޅުވީ؟ މަގޭގާތު ބުނެބަލަ.“
ތިބޭކަލުން ތިން ދުވަސް ވަންދެން ނުފެނިގެން ތިޔަ ހޯދާ ހިމާރުތަކާ މެދު ފިކުރު ނުކުރޭ. އެހެނީ މުޅި ބަނީއިސްރާއީލުގެ މީހުން ވަނީ ކަލޭގެފާނާއި ކަލޭގެފާނުގެ ގޭގެ މީހުންނަށް އެހީތެރިކަމަށް ބޭނުން ޖެހިފައި.“
ރަށްބޭރަށް ނުކުމެވުމުން ޞަމޫއީލްގެފާނު ޝާއުލްއަށް ވިދާޅުވިއެވެ. ”ކަލޭގެފާނުގެ ނޯކަރު ގާތު ބުނުއްވާ ކުރީގައި ހުރެގެން ދާށޭ. ކަލޭގެފާނު އަހަރެންގެ ގާތުގައި މިތާ މަޑުކުރައްވާ. ކަލޭގެފާނު ގާތު މާތްކަލާނގެ އެންގެވި އެންގެވުމުގެ ވާހަކަ އަހަރެން ބުނާނަން.“ ދެން ޚާދިމު ހިނގައިގެންފިއެވެ.