Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 10:12 - ކިތާބުލް މުޤައްދަސާ

12 ފަރުބަދަ މަތީގެ މީހަކު ޖަވާބު ދިނެވެ. ”⁠ކީއްވެ އޭނާ ނަބީއަކަށް ނުވާންވީ؟ ދެން އެތިއްބެވި ބޭކަލުންނަކީ ވަކި ކޮން އާއިލާއަކުން އައި ބައެއްތަ؟⁠“ އޭގެ ފަހުން ”⁠ޝާއުލްއަކީ ވެސް ނަބީބޭކަލެއްތަ؟⁠“ މި ބަސް ހަރު ވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 10:12
7 ပူးပေါင်းရင်းမြစ်များ  

ނަބީބޭކަލުންގެ ފަތްފުށްތަކުގައި މިފަދައިން ލިޔެވިގެންވޭ. ’⁠އެމީހުންނަށް ދަސްކޮށް ދެއްވާނީ މާތްރަސްކަލާނގެ.⁠‘ ބައްޕާފުޅުގެ ބަސްފުޅު އަޑުއަހައި ދަސްކޮށްފި ކޮންމެ މީހަކު އަހަރެންގެ ގާތަށް އަންނާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މި ކިޔަވާދެނީ އަހަރެންގެ އަމިއްލަ ކިޔަވާދިނުންތަކެއް ނޫން. މިއީ އަހަރެން ފޮނުއްވި މަތިވެރި ކަލާނގެ އެންގެވި ކަންތައް.


ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ.


ޝާއުލްގެފާނު އެތަނުގައި ނަބީކަން ކުރެއްވުމުގައި ހުންނެވުމަށް ފަހު ފަރުބަދަމަތީގެ އުސް މަޤާމަށް އަރާ ވަޑައިގެންފިއެވެ.


އެކަލޭގެފާނު އެތަނަށް ވަޑައިގަންނަވަނިކޮށް މާތްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ވެސް ފޮނުއްވައިފިއެވެ. އެކަލޭގެފާނު ހަޅޭއްފުޅު ލައްވައި ވަޖިދުވަމުން އެހިސާބަށް ވަޑައިގެންފިއެވެ.


ދެން ޞަމޫއީލްގެފާނުގެ ކުރިފުޅުމަތީގައި ވަޖިދުވެ ނަށްޓަވަމުން ގޮސް ހެދުންކޮޅު ބާލުއްވައި ބިންމައްޗަށް ވެއްޓިވަޑައިގެން އެތަނުން އެދުވަހާއި އެރޭ އަމަށުން އޮންނަވައިފިއެވެ. ”⁠ޝާއުލް އަކީ ވެސް ނަބީއެއް ހޭ⁠“ މީހުން ކިޔަނީ މިހެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ