10 ޝާއުލް ޖިބްޢާ ފަރުބަދައާ ހަމަޔަށް ގޮސް އެ ނަބީންތަކާ ބައްދަލުވި ހިނދު މާތްކަލާނގެ ރޫޙުފުޅު އޭނާގެ މައްޗަށް ވެރިވެ އަތްގަދަ ކުރެއްވުމާއެކު ޝާއުލް ވެސް ވަޖިދުވާން ފަށައިފިއެވެ.
އެވަގުތު މާތްކަލާނގެ ރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ގަދަވެގެންފި އެވެ. އެކަލޭގެފާނު ކޯފާވެ ހުޅުފަޅައިގެން ދިޔައެވެ.
ދެން ޞަމޫއީލްގެފާނު ވަޑައިގެން އެ އެންމެ ބެއިންގެ ކުރިމަތީގައި އެކަލޭގެފާނު ގެންނެވި ޒައިތޫނި ތެޔޮ ދާއޫދުގެ ބޮލަށް އަޅައިފިއެވެ. އެދުވަހުން ފެށިގެން މާތްރަސްކަލާނގެ ރޫޙުފުޅު ގަދަފަދަ ކަމާއެކު ދާއޫދުގެފާނަށް ލިބިވަޑައިގެންފި އެވެ. ޞަމޫއީލްގެފާނު ދެން ރާމާއަށް އެނބުރި ވަޑައިގެންފިއެވެ.
އަދި ތިމަންކަލާނގެ ހިތްއެދޭ ގޮތަށް ޚިދުމަތް ކުރާނެ ތެދުވެރި އިމާމަކު ހަމަޖައްސާނަން. އަދި އޭނާގެ އާއިލާ ދަމަހައްޓާނަން. އޭނާ ވާހުށީ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމުގައި. އަދި ތިމަން ކަލާނގެ މަތި ކުރާ ވެރިއެއްގެ ޚާދިމުން ކަމަށް.