1 ޞަމޫއީލް 10:1 - ކިތާބުލް މުޤައްދަސާ1 ދެން ޞަމޫއީލްގެފާނު ގެންނެވި ޚާއްސަ ތެލެއް ޝާއުލްގެ ބޮލަށް އެޅުއްވުމަށް ފަހު އޭނާއަށް ބޮސް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ”އަހަރެން މިކަންތައް މިކުރަނީ މާތްރަސްކަލާނގެއަށް ޚާއްސަ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިޔަކަށް ކަލޭ ހަމަޖެއްސެވީމަ. အခန်းကိုကြည့်ပါ။ |
ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.“
ހުރިހާ އެއްޗެއް އުފައްދަވައި ދަމަހައްޓަވާ ކަލާނގެ، އީސާގެފާނު އެ އުފުއްލެވި ވޭންތަކުގެ ސަބަބުން އެކަލޭގެފާނު ފުރިހަމަ ކުރައްވައި އެ މަތިވެރި ޖަލާލަތުކަން ޙިއްސާ ކުރުމަށް ގިނަ ދަރިންތަކެއް ގެންނެވި ކަމީ އެކަލާނގެ ޙައްޤުގޮތުގައި ހިންމެވި ކަމެކެވެ. އެހެނީ އެމީސްތަކުން ދިންނެވުމާ ދިމާއަށް ގެންދަވަނީ އެކަލޭގެފާނު ވީމައެވެ.
އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.“
މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.“
މިއަޅާގެ މާތްރަސްކަލާނގެއާ ދެކޮޅުވެރިވާ ފަރާތެއް ފުނޑުފުނޑުވެ ހަލާކުވެދާނެ. އަދި އުޑުން ގަދަވެގެންވާ ގުގުރުމަކާއެކު ފޮނުއްވާ ކޯފާއަކުން އެމީހުން ކުދިކުދިވެގެން ދާނެ. އަދި އެކަލާނގެ ދުނިޔޭގެ ކަންކޮޅުތަކަށް ބައްލަވައި ވޮޑިގެން އިންސާފު ކުރައްވާނެ. އަދި އެކަލާނގެ ހޮއްވަވާ ރަސްކަލަކު ބާރުވެރި ކުރައްވާނެ. އެކަލާނގެ ޚިޔާރުކުރެއްވި ޚާދިމަށް ގަދަކަން ދެއްވާނެ.“
”މާދަމާ މިހާކަށް ހާއިރު މީހަކު އަންނާނެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އޭނާ ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިއަކަށް ހަމަޖައްސާ. އޭނާ އެމީހުން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށް ދޭނެ. މިވަގުތު އެމީހުން އުޅެމުން ދާ ދަތިހާލު ތިމަންކަލާނގެއަށް ފެނިވޮޑިގަންނަވާ. އަދި އެމީހުންގެ ރުއިމުގެ އަޑު ވެސް ތިމަން ކަލާނގެއާ ހަމައަށް ވަނީ އައިސްފައި.“