Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 1:5 - ކިތާބުލް މުޤައްދަސާ

5 އަދި ޙައްނާއަށް އޭގެ ދެގުނަ ދެއެވެ. އެހެނީ ޙައްނާ ދެކެ އޭނާ ނުހަނު ލޯބިވެއެވެ. އެހެނަސް އޭނާއަށް މާތްރަސްކަލާނގެ ދަރިޔަކު ދެއްވާފައި ނުވޭމެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 1:5
9 ပူးပေါင်းရင်းမြစ်များ  

އަބްރާމްގެ އަނބި ސާރާއީއަށް ދަރިއަކު ލިބުން ވަނީ ނުކުޅެދިފައެވެ. އޭރު ސާރާއީގެ އަޅު އަންހެނުންގެ ތެރޭގައި ހާޖަރުއޭ ކިޔުނު މިޞްރުގެ އަޅުއަންހެނަކު ވިއެވެ. ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަހަރެންނަށް ދަރިއަކު ނުދެއްވި. ވީއިރު އަހަރެންގެ އަޅު އަންހެން ކުއްޖާ އާއިއެކު ރޭކުރައްވާ. އޭރުން އޭނާގެ ފުށުން އަހަންނަށް ދަރިއަކު ލިބިދާނެ.⁠“ އަބްރާމް އާއި ސާރާއީ މިކަމަށް އެއްބަސްވެ ވަޑައިގަތެވެ.


ރާޙީލްގެ ފުށުން ޔަޢުޤޫބުގެފާނަށް ދަރިއަކު ލިބިފައި ނުވާތީވެ، އެކަނބުލޭގެ ދައްތަ ލައިއަތު ދެކެ ހަސަދަވެރި ވިއެވެ. އަދި އެކަނބުލޭގެ ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެންނަށް ދަރިކަލަކު ދެއްވާ. އެހެންނޫނީ އަހަރެން މަރުވެދާނަން!⁠“


ނަމަވެސް ޔަޢުޤޫބުގެފާނު ކޯފާވެވަޑައިގެން ހުންނަވާ މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަހަރެންނީ މާތްކަލާނގެތަ؟ ކަނބުލޭގެއަށް ދަރިއަކު ލިބިދިނުމުން މަޙުރޫމް ކުރައްވާފައި ވަނީ އެކަލާނގެ!⁠“


އެބައިމީހުންނަށް ކާތަކެތި ގެނެވުނީ ޔޫސުފުގެފާނުގެ މޭޒުކޮޅުންނެވެ. ނަމަވެސް އެހެން އެންމެންނަށް ވުރެން ފަސްގުނަ އިތުރަށް ބަންޔާމީންއަށް ކެއުން ދެވުނެވެ. އަދި އެ އެންމެން އެކަލޭގެފާނާއި އެކުގައި މިނިވަންކަމާއެކު ކައިބޮއި އުފާކޮށް ހެދިއެވެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންގެ ތެރެއިން ކޮންމެ މީހަކަށް ހެދުމެއް ވެސް ދެއްވިއެވެ. ނަމަވެސް ބަންޔާމީންއަށް ފަސްހެދުމާއި ތިންސަތޭކަ ރިހި ލާރި ދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ