1 ޞަމޫއީލް 1:3 - ކިތާބުލް މުޤައްދަސާ3 ކޮންމެ އަހަރަކު އަލްޤާނާ އޭނާގެ ރަށުން ފުރައިގެން ޝީލޫހަށް ދަތުރު ކުރެއެވެ. އެމީހުން ޝީލޫހަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެއަށް އަޅުކަންކޮށް ޤުރުބާނީ ވެދުން ކުރެއެވެ. މިރަށުގައި މާތްރަސްކަލާނގެ އިމާމުންގެ ގޮތުގައި އޭރު އުޅެނީ ޢާލީގެ ދެދަރިން ކަމަށްވާ ޚުފްނީ އާއި ފީނަޙާސް އެވެ. အခန်းကိုကြည့်ပါ။ |
ދެން އެމީހުން ކުޅަދުންވަންތަ މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ޢަހުދުނާމާ ފޮށިކޮޅު ބަލާ ޝީލޫހު އަށް މީހުން ފޮނުވައިފިއެވެ. އެ ފޮށިކޮޅަކީ އޭގެ މަތީގައި ރަނުން ދެ މަލާއިކަތުންގެ ސޫރައިގައި ކަރޫބީމު ހަދާފައި އެ ދެމެދުގައި މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެންނެވި ތަން ހަދާފައިވާ ފޮށިކޮޅެކެވެ. ފޮށިކޮޅާއެކު ޢާލީގެ ދެ ދަރިން ކަމަށްވާ ޚުފްނީއާއި ފީނަޙާސް ވެސް އައެވެ.