Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 1:28 - ކިތާބުލް މުޤައްދަސާ

28 އަޅުގަނޑު އައިސް މިހިރީ މިދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ވެދުމަށް އެރުވުމަށް. މި ދަރިފުޅުގެ މުޅި އުމުރަށް އެކަލާނގެ ކިބަފުޅަށް ހިބަކޮށް ހަދިޔާ ކުރުމަށް.⁠“ ދެން އެކުއްޖާ އެތަނަށް ދޫކޮށްލާފައި އެމީހުން އެތަނުގައި ތިބެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 1:28
12 ပူးပေါင်းရင်းမြစ်များ  

ދެން ޚާދިމުކަލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަކޮށް މިފަދައިން ދުޢާ ދެންނެވިއެވެ.


ދެން އަހަރެން، އަހަރެންގެ ސާހިބާ އިބްރާހީމްގެފާނުގެ ކަލާނގެ މާތްރަސްކަލާނގެއަށް ކުރުނީސް ކޮށް ޝުކުރު ދެންނެވީމު. އަދި މާތްކަލާނގެ ކިބަފުޅަށް ޙަމްދާސަނާ ދެންނެވީމު. ސަބަބަކީ މާތްކަލާނގެ ސީދާ ގޮތެއްގައި އަހަރެންގެ ސާހިބާގެ ގާތްތިމާގެ މީހުންނާ ބައްދަލު ކުރުވައި އެބައިމީހުންގެ ތެރެއިން އެކަލޭގެފާނުގެ ދަރިކަލުންނަށް އަނތްބަކު ދެއްވުމުން.


އިބްރާހީމްގެފާނުގެ ޚާދިމަށް މިބަސްތައް އިވިގެން ދިއުމުން އެކަލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަކޮށް ތިރިވިއެވެ.


”⁠އޭ ދަރިފުޅާއެވެ. އަހަރެންގެ ރަހިމުގެ ދަރިފުޅާއެވެ. އަހަރެންގެ ދުޢާތަކުގެ ދަރިފުޅާއެވެ.


ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ.


”⁠ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!⁠“


އެކަމަކު ޙައްނާ ނުގޮސް މަޑުކުރީ އެވެ. އޭނާގެ ފިރިމީހާގެ ގާތު ބުންޏެވެ. ”⁠މި ދަރިފުޅު ކިރުތުނބުން ވީއްލެންދެން އަހަރެން ނުގޮސް ހުންނާނީ. އެއަށް ފަހު އަހަރެން މިކުއްޖާ ގެންގޮސް މާތްރަސްކަލާނގެއަށް ވެދުން ކުރާނީ. އޭގެ ފަހުން އޭނާގެ މުޅި އުމުރު ހޭދަ ކުރާނީ އެތަނުގައި.⁠“


އަލްޤާނާ އެނބުރި ރާމާއަށް ދިޔައީ އެ ދަރިފުޅު ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރުމަށް ޢާލީގެ ގާތު ޝީލާހްގައި ބަހައްޓާފައެވެ.


ޢާލީ އަލްޤާނާގެ ދެމަފިރިންނަށް ރަޙުމަތަށް އެދި މިފަދައިން ދުޢާ ކުރެއެވެ. ”⁠މިއަންހެނާ ދުޢާ ދަންނަވައިގެން ލިބުނު ދަރިފުޅު އިނބަރަސްކަލާނގެއަށް ވެދުން ކޮށްފައި ވާތީ އެކުއްޖާގެ ބަދަލުގައި މިއަންހެނާގެ ކިބައިން ކަލެއަށް ގިނަ ދަރިންތަކެއް ދެއްވާފާނދޭވެ!⁠“ ދެން އެ ދެމަފިރިން ރަށަށް ހިނގައި ދެއެވެ.


ދާއޫދު ބުންޏެވެ. ”⁠ތިހެން ވީއިރު މަނިކުފާނުގެ ޚާދިމު އަޅުގަނޑު ކަންތައް ކުރާ ކުޅަދާނަކަން މަނިކުފާނަށް ފެނިވަޑައިގަންނަވާނެ.⁠“ އަޚީޝް ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މުޅި އުމުރަށް އަހަރެންގެ ހަށިފާރަވެރިޔަކަށް ކަލޭ ހަމަޖައްސާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ