27 އަޅުގަނޑު ދުޢާ ދެންނެވީ މި ދަރިފުޅު ދެއްވާތޯ. މާތްރަސްކަލާނގެ އަޅުގަނޑު ކުރި ދުޢާ އިޖާބަ ކުރައްވައިފި.
”އެދި ދަންނަވާ! އޭރުން މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެ. ހޯދަމުން ގެންދޭ! އޭރުން ދައްކަވާނެ. ޓަކިދެމުން ގެންދޭ! އޭރުން ތިޔަބައިމީހުންނަށްޓަކާ ދޮރު ހުޅުއްވާނެ.
އަހަރެމެން ކަމަކު އެދި ދަންނަވާ ކޮންމެ ފަހަރަކު އެކަލާނގެ އެއަޑު އައްސަވާކަން އަހަރެމެންނަށް އެނގެއެވެ. އަދި އެކަލާނގެ އަހަރެމެން އެދި ދަންނަވާ ކަންތައް ފުއްދަވައި ދެއްވާނެކަން ވެސް އަހަރެމެންނަށް އެނގެއެވެ.
ޢާލީ އަލްޤާނާގެ ދެމަފިރިންނަށް ރަޙުމަތަށް އެދި މިފަދައިން ދުޢާ ކުރެއެވެ. ”މިއަންހެނާ ދުޢާ ދަންނަވައިގެން ލިބުނު ދަރިފުޅު އިނބަރަސްކަލާނގެއަށް ވެދުން ކޮށްފައި ވާތީ އެކުއްޖާގެ ބަދަލުގައި މިއަންހެނާގެ ކިބައިން ކަލެއަށް ގިނަ ދަރިންތަކެއް ދެއްވާފާނދޭވެ!“ ދެން އެ ދެމަފިރިން ރަށަށް ހިނގައި ދެއެވެ.