Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 1:22 - ކިތާބުލް މުޤައްދަސާ

22 އެކަމަކު ޙައްނާ ނުގޮސް މަޑުކުރީ އެވެ. އޭނާގެ ފިރިމީހާގެ ގާތު ބުންޏެވެ. ”⁠މި ދަރިފުޅު ކިރުތުނބުން ވީއްލެންދެން އަހަރެން ނުގޮސް ހުންނާނީ. އެއަށް ފަހު އަހަރެން މިކުއްޖާ ގެންގޮސް މާތްރަސްކަލާނގެއަށް ވެދުން ކުރާނީ. އޭގެ ފަހުން އޭނާގެ މުޅި އުމުރު ހޭދަ ކުރާނީ އެތަނުގައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 1:22
17 ပူးပေါင်းရင်းမြစ်များ  

އެމީހާ ތިމަންކަލާނގެ ޙަޟްރަތަށް ކުއްތަން ކުރުވައި އަޅުކަމުގެ މަޤާމަށް ގެންގޮސް ސާހިބުމީހާ އޭނާގެ ކަންފަތުގައި ފުއްކަށްޓަކުން ލޯވަޅެއް އަޅަން ވާނެ. އޭރުން އޭނާއަކީ މުޅި އުމުރަށް އޭނާގެ މިލްކެއް ކަމުގައިވާނެ.


މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ތައުރާތުގައި އަންގަވާފައި ވަނީ ވިހެއުމުގެ ކަންތަކުން ނިމިގެން ކޮންމެ އަންހެނަކު ވެސް ހިނާ ތާހިރުވުމުގެ ގޮތުން ހުދު ކޮތަރުގެ ޅަ ދެ ކޮތަރު އެކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާން ކުރުމަށެވެ. ޔޫސުފު އާއި މަރިޔަމްގެފާނު ވެސް މިކަންތައްތައް ކުރުމަށް ބައިތުލް މަޤްދިސްއަށް ވަޑައިގެންނެވިއެވެ. މިދަތުރުގައި އެމީހުންނާއި އެކު އީސާގެފާނު ވެސް ގެންދެވިއެވެ. އެއީ މާތްރަސްކަލާނގެ އަންގަވާފައި ވަނީ ކޮންމެ މީހެއްގެ ވެސް ފުރަތަމަ ފިރިހެން ދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އެކަލާނގެ ކިބަފުޅަށް ރައްދުކުރުމަށްޓަކައި ބައިތުލް މަޤްދިސްއަށް ގެންދިޔުމަށެވެ.


”⁠ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!⁠“


އަޅުގަނޑު އައިސް މިހިރީ މިދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ވެދުމަށް އެރުވުމަށް. މި ދަރިފުޅުގެ މުޅި އުމުރަށް އެކަލާނގެ ކިބަފުޅަށް ހިބަކޮށް ހަދިޔާ ކުރުމަށް.⁠“ ދެން އެކުއްޖާ އެތަނަށް ދޫކޮށްލާފައި އެމީހުން އެތަނުގައި ތިބެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ.


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނު ކަންތައް ތި ކުރެއްވީ ވަރަށް ވެސް ވިޔާނުދާކޮށް. އެހެނީ ކަލޭގެފާނުގެ ކަލާނގެ، މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅާ އެއްގޮތަށް ކަލޭގެފާނު ކަންތައް ކުރެއްވި ނަމަ އެކަލާނގެ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު މީހުން ހުރިހާ ދުވަހަކު ވެސް އިސްރާއީލުގެ ވެރިކަމުގައި ލެހެއްޓެވީސް.


އަލްޤާނާ އެނބުރި ރާމާއަށް ދިޔައީ އެ ދަރިފުޅު ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރުމަށް ޢާލީގެ ގާތު ޝީލާހްގައި ބަހައްޓާފައެވެ.


ނަމަވެސް ޞަމޫއީލް މާތްރަސްކަލާނގެ އަށް ޚިދުމަތް ކުރުމުގައި ދެމިހުށްޓެވެ. އޭނާ ކުޑަޔަކަސް ހުންނަނީ ލިނެން ފޮތިން އިމާމުން ލާ ކަހަލަ އަފޫދު ހެދުމެއް ލާފައެވެ.


ދާއޫދު ބުންޏެވެ. ”⁠ތިހެން ވީއިރު މަނިކުފާނުގެ ޚާދިމު އަޅުގަނޑު ކަންތައް ކުރާ ކުޅަދާނަކަން މަނިކުފާނަށް ފެނިވަޑައިގަންނަވާނެ.⁠“ އަޚީޝް ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މުޅި އުމުރަށް އަހަރެންގެ ހަށިފާރަވެރިޔަކަށް ކަލޭ ހަމަޖައްސާނަން.⁠“


ޢާލީގެ ބެލުމުގެ ދަށުން ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދިޔަ ދުވަސްވަރު، މަދު ފަހަރަކު ނޫނީ ފާޅުވެ ވޮޑިގަތުމެއްގައި ވިޔަސް އަދި އެނޫން ގޮތެއްގައި ވިޔަސް މާތްރަސްކަލާނގެ މީސްތަކުންނާ ގުޅުމެއް ނުބާއްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ