Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 1:20 - ކިތާބުލް މުޤައްދަސާ

20 އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް އޭ ކިޔައި ނަން ދިނެވެ. ”⁠އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.⁠“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 1:20
13 ပူးပေါင်းရင်းမြစ်များ  

ތިބާ މިހާރު ތިޔަ އިނީ ފިރިހެން ދަރިއަކަށް ބަލިވެ، އެ ދަރިފުޅުގެ ނަމަކަށް އިސްމާޢީލް އޭ ކިޔައި ނަންދީ. އެހެނީ މާތްރަސްކަލާނގެ ތިބާގެ ހިތްދަތިވެގެން ރުއި ރުއިމުގެ އަޑު އައްސަވައިފި. ތިބާއަށް ތިޔަ ލިބޭ ފިރިހެން ދަރިއަކީ ވަރުގަދަ ހިމާރެއް ފަދަ ކުއްޖެއް. އަދި އޭނާ އެންމެންނާއި ދެކޮޅުވެރިވާނެ. ހަމައެހެންމެ، އެމީހުން ވެސް އޭނާއާ ދެކޮޅުވެރިވާނެ. އޭނާގެ ދިރިއުޅުން ބިނާވާނީ އޭނާގެ އާއިލާއާއި ވަކިން.⁠“


އެންމެފަހުން މާތްކަލާނގެ ރާޙީލްގެ ގެ ޙާލާމެދު ބައްލަވާ ވޮޑިގެންނަވައިފިއެވެ. އަދި އެކަނބުލޭގެ ކުރި ދުޢާތައް އިޖާބަކުރައްވައި އޭނާއަށް ވެސް ދަރިން ދެއްވިއެވެ.


އާދަމްގެފާނު ޙައްވާގެފާނާއި އެކު ރޭކުރެއްވުމަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވައި އެހެން ފިރިހެން ދަރިކަލަކައިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޙައްވާގެފާނު ޝީޘްއޭ ވިދާޅުވެ ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”⁠ޤާޔީން ހާބީލް މަރާލި. އެކަމަކު މިހާރު ހާބީލްގެ ބަދަލުގައި މާތްކަލާނގެ އަނެއްކާވެސް އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.⁠“


އެދަރިފުޅުގެ ނަމަކަށް އޭނާ ކީ ނޫޙު އެވެ. ލާމިކު ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރުހުން ލިބިފައިނުވާ މިބިމުގައި އަހަރެމެންނަށް ކުރަންޖެހޭ ބުރަމަސައްކަތުގެ އުނދަގުލާއި ވޭނުން މިކުއްޖާ އަހަރެމެންނަށް ލުއިފަސޭހަކަން ހޯދައިދޭނެ.⁠“


ދުވަސްކޮޅެއްގެ ފަހުން އެކުއްޖާ ތަންކޮޅެއް ބޮޑުވީމާ އެ ކުއްޖާ ގެ މަންމަ އޭނާ ގެނެސް ރަސްގެފާނުގެ ދަރިކަނބަލުންނަށް އަރުވައިފިއެވެ. ދެން އެކަމަނާގެ އަމިއްލަފުޅު ދަރިއަކަށް އެކުއްޖާ ހައްދަވައިފިއެވެ. އެކަމަނާ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ”⁠އަހަރެން މި ކުއްޖާ ނެގީ މޫދުން. އެހެންވީމާ މި ކުއްޖާއަށް އަހަރެން ކިޔާނީ މޫސާ.⁠“


ދެން އެކަލޭގެފާނަށް ފިރިހެން ދަރިކަލަކު ލިބި ވަޑައިގަތުމުން އެކަލޭގެފާނު އެ ދަރިކަލުންނަށް ޖަރުޝޫމުގެ ނަމުން ނަން ދެއްވިއެވެ. އެނަން ދެއްވަމުން އެކަލޭގެފާނު ވިދާޅުވީ ”⁠އަހަރެން މީ ބީރައްޓެހި ރަށެއްގައި އުޅޭ ބީރައްޓެއްސަކީމު.⁠“


އެކަމަނާ ފިރިހެން ދަރިކަލަކައިގެން ރައްކައުވެ ވަޑައިގަންނަވާނެ. ތިބާ އެދަރިކަލުންނަށް އީސާ އޭ ކިޔައި ނަން ދީ. އެ ދަރިކަލުންނަށް މިފަދައިން ނަންދޭންވި ސަބަބަކީ އެ ކަލޭގެފާނުގެ އަހުލުންގެ ފާފަތަކުން އެކަލޭގެފާނު، އެ އަހުލުން ސަލާމަތްކޮށްދެއްވާނޭތީ.⁠“


މިހެންގޮސް ދައްކާފަ ނުދައްކަންވީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ ޖަދްއޫނާއި ބާރާގުއާއި ޝަމްޝޫންއާއި ޔަފްތާހު އާއި ދާއޫދުގެފާނާއި ޞަމޫއީލްއާއި އަދި އެހެނިހެން ނަބީބޭކަލުންގެ ވާހަކަ ވެސް ދައްކާ ކޮޅަކުން ނުލާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ