1 ޞަމޫއީލް 1:12 - ކިތާބުލް މުޤައްދަސާ12-13 ޙައްނާ މި ގޮތަށް ހިތާހިތުން ދުޢާ ކުރަން ހުރިތަން ޢާލީ ބަލަން އިނެވެ. ޢާލީއަށް ފެންނަނީ އޭނާ ތުން ތަޅުވާ ތަނެވެ. ކިޔާ އެއްޗެއް ނީވެއެވެ. ޢާލީ ހީކުރީ ޙައްނާ ހުރީ މަސްތުވެފައި ކަމަށެވެ. ”ކިހާ އިރެއް ވަންދެން ތަ ކަލޭ ތިހެން މަސްތުކަން މަތީ ހުންނާނީ؟ ހޭ ވެރިވެ ބަލަ!“ ޢާލީ ބުންޏެވެ. အခန်းကိုကြည့်ပါ။ |
”ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!“