Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 1:11 - ކިތާބުލް މުޤައްދަސާ

11 ”⁠ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 1:11
25 ပူးပေါင်းရင်းမြစ်များ  

ދެން ޔަޢުޤޫބުގެފާނު މަޑުމޮޅިވެ ވަޑައިގަންނަވައި މާތްކަލާނގެއާމެދު މިފަދައިން ވަޢުދުވެ ވަޑައިގެންނެވިއެވެ. ”⁠މާތްކަލާނގެ. އިނބަ ރަސްކަލާނގެ އަޅާއާއި އެކުގައި ވޮޑިގެންވާނަމަ އަޅާގެ މިދަތުރުގައި އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވައި ކާބޯތަކެއްޗާއި އުނުއަންނައުނު ދެއްވުމުގެ އިތުރުން ސަލާމަތްތެރިކަމާއެކު އަޅާގެ ބަފައިކަލުންގެ އަރިހަށް ގެއަށް ގެންގޮސް ދެއްވާނެ. އޭރުން އިނބަ މާތްކަލާނގެއީ އަޅާގެ ވެރި ރަސްކަލާނގެ ކަމުގައި ވެސް ވާނެ.


އެއަށް ފަހު ލައިއަތު ބަލިވެ އިނދެ ފިރިހެން ދަރިއަކު ވިހެއެވެ. އަދި އެ ދަރިފުޅަށް ރައޫބައިން އޭ ކިޔައި ނަން ދިނެވެ. މިނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މާތްރަސްކަލާނގެ އަހަރެންގެ އެންމެހާ މުސީބާތްތައް ބައްލަވާ ވޮޑިގަންނަވާ އެންމެހާ ހިތާމަތައް ފިއްލަވައި ދެއްވައިފި. ދެން އަހަރެންގެ ފިރިމީހާ އަހަރެން ދެކެ ލޯބިވެދާނެ.⁠“


އެންމެފަހުން މާތްކަލާނގެ ރާޙީލްގެ ގެ ޙާލާމެދު ބައްލަވާ ވޮޑިގެންނަވައިފިއެވެ. އަދި އެކަނބުލޭގެ ކުރި ދުޢާތައް އިޖާބަކުރައްވައި އޭނާއަށް ވެސް ދަރިން ދެއްވިއެވެ.


ނަމަވެސް މާތްކަލާނގެ ނޫޙުގެފާނާއި އެކު ނައުކޮޅުގައި ވީހުރިހާ ޖަނަވާރުތަކުގެ މަތިން ހަނދުމަފުޅު ބެހެއްޓެވިއެވެ. އަދި މާތްކަލާނގެ ދުނިޔެއަށް ގަދަ ވަޔެއް ފޮނުއްވިއެވެ. އެއަށް ފަހު ބޮޑުވެފައިވާ ފެންގަނޑު ހިނދެން ފެށިއެވެ.


ޝިމްޢީ އަހަންނާ ދިމާލަށް އެކީ އެއްޗެހީގެ ބަދަލުގައި މާތްރަސްކަލާނގެ އެއަށް ވުރެ ރަނގަޅު ގޮތްތައް މެދުވެރި ކުރައްވާފާނެ ކަން ވެސް ނޭނގެއެއްނު.⁠“


ދެން ބަނީއިސްރާއީލުގެ މީހުންނަށް މޫސާގެފާނާއި ހާރޫނުގެފާނު އެމީހުންގެ ގާތަށް ފޮނުއްވީ މާތްރަސްކަލާނގެ ކަން ޔަޤީންވެއްޖެއެވެ. އަދި އެމީހުންގެ ހިތްދަތި ހާލު މާތްރަސްކަލާނގެ ބައްލަވާ ވޮޑިގަންނަވައި އެކަމާމެދު އަޅާލައްވައިފި ކަން އެނގުމުން އެމީހުން ސަޖިދައަށް ތިރިވެ އެކަލާނގެއަށް އަޅުކަން ކޮށްފިއެވެ.


”⁠އޭ ދަރިފުޅާއެވެ. އަހަރެންގެ ރަހިމުގެ ދަރިފުޅާއެވެ. އަހަރެންގެ ދުޢާތަކުގެ ދަރިފުޅާއެވެ.


ޙައްނާ ހިތް ފަޅައިގެންދާ ފަދަ ހިތްދަތި ކަމާއެކު ރޮއިރޮއިފައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައި ނަދުރެއް ގަތެވެ.


ޙައްނާ މި ގޮތަށް ހިތާހިތުން ދުޢާ ކުރަން ހުރިތަން ޢާލީ ބަލަން އިނެވެ. ޢާލީއަށް ފެންނަނީ އޭނާ ތުން ތަޅުވާ ތަނެވެ. ކިޔާ އެއްޗެއް ނީވެއެވެ. ޢާލީ ހީކުރީ ޙައްނާ ހުރީ މަސްތުވެފައި ކަމަށެވެ. ”⁠ކިހާ އިރެއް ވަންދެން ތަ ކަލޭ ތިހެން މަސްތުކަން މަތީ ހުންނާނީ؟ ހޭ ވެރިވެ ބަލަ!⁠“ ޢާލީ ބުންޏެވެ.


އޭގެ އަނެއްދުވަހު ވަރަށް ހެނދުނާ އެ އާއިލާގެ އެންމެން އެކުގައި ތެދުވެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ފަހު އެނބުރި ރާމާއަށް ހިނގައްޖެއެވެ. އޭގެ ފަހުން އަލްޤާނާ އޭނާގެ އަންހެނުން ޙައްނާއާ އެކު ރޭކުރިއެވެ. މާތްރަސްކަލާނގެ ޙައްނާގެ މަތިން ހަނދުމަފުޅު ކުރެއްވިއެވެ.


އެކަމަކު ޙައްނާ ނުގޮސް މަޑުކުރީ އެވެ. އޭނާގެ ފިރިމީހާގެ ގާތު ބުންޏެވެ. ”⁠މި ދަރިފުޅު ކިރުތުނބުން ވީއްލެންދެން އަހަރެން ނުގޮސް ހުންނާނީ. އެއަށް ފަހު އަހަރެން މިކުއްޖާ ގެންގޮސް މާތްރަސްކަލާނގެއަށް ވެދުން ކުރާނީ. އޭގެ ފަހުން އޭނާގެ މުޅި އުމުރު ހޭދަ ކުރާނީ އެތަނުގައި.⁠“


އަޅުގަނޑު ދުޢާ ދެންނެވީ މި ދަރިފުޅު ދެއްވާތޯ. މާތްރަސްކަލާނގެ އަޅުގަނޑު ކުރި ދުޢާ އިޖާބަ ކުރައްވައިފި.


އަޅުގަނޑު އައިސް މިހިރީ މިދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ވެދުމަށް އެރުވުމަށް. މި ދަރިފުޅުގެ މުޅި އުމުރަށް އެކަލާނގެ ކިބަފުޅަށް ހިބަކޮށް ހަދިޔާ ކުރުމަށް.⁠“ ދެން އެކުއްޖާ އެތަނަށް ދޫކޮށްލާފައި އެމީހުން އެތަނުގައި ތިބެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ.


ޢާލީ އަލްޤާނާގެ ދެމަފިރިންނަށް ރަޙުމަތަށް އެދި މިފަދައިން ދުޢާ ކުރެއެވެ. ”⁠މިއަންހެނާ ދުޢާ ދަންނަވައިގެން ލިބުނު ދަރިފުޅު އިނބަރަސްކަލާނގެއަށް ވެދުން ކޮށްފައި ވާތީ އެކުއްޖާގެ ބަދަލުގައި މިއަންހެނާގެ ކިބައިން ކަލެއަށް ގިނަ ދަރިންތަކެއް ދެއްވާފާނދޭވެ!⁠“ ދެން އެ ދެމަފިރިން ރަށަށް ހިނގައި ދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ