ޕަތަރަސްގެ ފުރަތަމަ ސިޓީ 5:9 - ކިތާބުލް މުޤައްދަސާ9 ޝައިތާނާއާއި ދެކޮޅަށް ހަރުދަނާ ގޮތުގައި ގާއިމުވެ ވަރުގަދަ އީމާންތެރިކަމެއްގައި ތިބޭށެވެ. މަސީޙީ ޖަމާޢަތުގެ ތިޔަ އަޚުންނާއި އުޚުތުން ހަނދާންކުރާށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެންމެހާ މަސީޙީން ތިޔަބައިމީހުންނެކޭ އެއްފަދައިން ވޭން ތަޙައްމަލު ކުރަމުން ދެއެވެ. အခန်းကိုကြည့်ပါ။ |
އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.“
ވީއިރު، ތިޔަބައިމީހުންނާއި ކުރިމަތިވާ އަނިޔާވެރިކަމަކުން ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިގައިވާ އީމާންތެރިކަމަށް ފުރަގަސް ނުދޭށެވެ. ތިޔަބައިމީހުންނާއި މެދުގައި ކުރިމަތިވާ އަނިޔާވެރިކަމަކީ އަހަރެމެން މަސީހީންގެ ތަޤުދީރުގައި މާތްރަސްކަލާނގެ ނިންމަވާފައިވާ ގޮތްކަން ތިޔަބައިމީހުން ދަންނާނެއެވެ.
އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.
އެއިން ކޮންމެ މީހަކަށްމެ ހުދުކުލައިގެ ރިދާއެއް ލިބިގެންވިއެވެ. އަދި އެމީހުންނަށް ކުޑަ ހިނދުކޮޅެއްގައި އަރާމު ކުރުމަށް ވަނީ އަންގަވާފައެވެ. އަލްމަސީޙުގެ ޚިދުމަތުގައިވާ އެންމެހާ އަޚުންނާއި އުޚުތުން ގަތުލުކުރެވިދިޔަ ފަދައިން އެގޮތަށް އަދިވެސް ގަތުލުކުރެވޭނޭ މީހުން ގަތުލުވެ ނިމުމަށް ދާންދެން އެބައިމީހުންނަށް އިންތިޒާރު ކުރާން ޖެހޭނެއެވެ.
އަހަރެން ޖަވާބު ދެއްވީމެވެ. ”ސާހިބާ! އަޅުގަނޑަކަށް ނޭނގޭ. ތިބާ ބުނެދެއްވާ.“ އެބޭކަލަކު އަހަރެންނަށް ވިދާޅުވިއެވެ. ”އެބައިމީހުންނީ އެބައިމީހުންނަށް ދިމާވި ބޮޑެތި ކާރިސާއިން ސަލާމަތް ވެގެން އައިސް ތިބި ބައެއް. އެބައިމީހުންގެ ރިދާތައް އެބައިމީހުން ދޮވުނު. އަދި ޅަކަންބަޅީގެ ލެއިން އެތަކެތި ވަނީ ހުދު ކުރެވިފަ.