Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 5:8 - ކިތާބުލް މުޤައްދަސާ

8 ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 5:8
61 ပူးပေါင်းရင်းမြစ်များ  

ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.


ރުޅިގަދަ ވެރިޔާއަކީ ސިންގާއެއް ފަދަ އަޑުގަދަ މީހެކެވެ. އޭނާ ރުޅިއެރުވަކީ އަމިއްލަ ނަފްސު ނުރައްކަލަށް ވައްޓާލުންފަދަ ކަމެކެވެ.


ނުލަފާ ވެރިޔަކީ ސާރިދޯޅައެއް ނުވަތަ ސިންގާއެއް ފަދައިން ފަގީރު މީހާއަށް ހުރި ނުރައްކަލެކެވެ.


އަދި ދަނޑުގައި ނުބައި އޮށްތައް އިންދި ޢަދުއްވަކީ ޝައިތާނާ. ގޮވާން ކަނޑާނީ އާޚިރަތް ދުވަހުން. އަދި ގޮވާން ކަނޑައިދޭ ފަރާތްތަކަކީ މަލާއިކަތުން.


ވީމާ ހޭލާ ތިބޭ! އެހެނީ ތިޔަބައިމީހުންގެ މާތްސާހިބާ ވަޑައިގަންނަވާނީ ކޮން ވަގުތެއްގައިކަން ތިޔަބައިމީހުންނަށް އެނގިގެން ނުވޭ.


އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


އެއަށް ފަހު މާތްރޫޙުފުޅު އީސާގެފާނަށް ސަހަރާގެ ތެރެއަށް ވަޑައިގަތުމަށް މަގުދެއްކެވީ އިބިލީސް އީސާގެފާނަށް ވަސްވާސްތައް ދިނުމަށެވެ.


ދެން އިބިލީސް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ. އަދި މަލާއިކަތުން ވަޑައިގެން އެކަލޭގެފާނަށް އެހީތެރިވެދެއްވިއެވެ.


ބައެއް މީހުންނަކީ ހިނގާ މަގުގެ މައްޗަށް އެޅުނު އޮށްތައް ފަދަ ބައެއް. އެމީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަޑުއިވޭ. އެހެނަސް ޝައިތާނާ އެމީހުންގެ ކިބައިން އެބަސްފަޅު އަވަހަށް އަތުލައިގަނޭ.


ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް


އަބަދުވެސް އެދުވަހާއި މެދު ވިސްނައިގެން ތިބޭ. އަދި ވާނޭ ހުރިހާ ކަންތަކަކުން ކަލޭމެން ސަލާމަތްވޭތޯ އާއި އަދި ކަލޭމެންނަށް އިންސާނާގެ ދަރިކަލުންގެ ކުރިފުޅުމަތީ ބިރެއް ނެތި ކެރިގެން ހުރެވުން އެދި އަބަދުވެސް ދުޢާކުރޭ.⁠“


”⁠ޝަމްއޫނު، ޝަމްއޫނު. އިބިލީސް ކަލޭމެން ގޮދަންތަކެއް ފަދައިން ފުރާނާލުމަށް އެދެފި.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


ވީމާ، ރުޅިވެރިކަމުގައިވެ ޝައިތާނާއަށް އެއްގޮތަކަށް ވެސް ފުރުސަތު ނުދޭށެވެ.


މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ދަހަނާ އަޅާށެވެ. އޭރުން ޝައިތާނާގެ މަކަރުވެރި ނުބައި ރޭވުންތަކާއި ދެކޮޅަށް ތެދުވެ ސާބިތުވެ ތިބުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިދޭނެއެވެ.


އެކަމަކު އެކަނބަލުން ދަރިމައިވުމުން ފާފައިން ސަލާމަތް ކޮށްދެއްވައެވެ. އެހެނަސް އެއީ އީމާންތެރިކަމާއި ލޯތްބާއި ސާލިޙުކަމާއެކު ބޮޑާކަމެއް ނެތި ދުނިޔެ ވޭތުކުރާނަމައެވެ.


އަދި އަންހެންތަކުން ބޮޑާކަމެއް ނެތި އެކަށީގެންވާ ރަނގަޅު ހެދުމެއްގައި ތިބޭށެވެ. އެބައިމީހުންގެ މައްޗަށް ކަޅިއަޅާފަދަ އަގުބޮޑެތި ހެދުންތަކާއި ރަނާއި މުތުގެ ހާރުތައް އެޅުމުގެ އިތުރުން އިސްތަށިގަނޑަށް ބަދަލުތައް ގެނައުމުން އެކަހެރިވެ ތިބޭށެވެ.


މިގޮތުގެ މަތިން މިފަދަ އަންހެނުން ވާންޖެހޭނީ އިޙްތިރާމް ލިބިގެންވާ، އަނެކުންނާމެދު ނެތިމޮށުމުން އެއްކިބާ ވެގެންވާ ބައެއްގެ ގޮތުގައެވެ. އެކަނބަލުންގެ އަމަލުތަކުގައި ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު ވަފާތެރިކަން މަތީ ދެމިހުރުމުގެ އާދަ ހިފަހައްޓަންވާނެއެވެ.


މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙްތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ.


ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.


ހަމަ މިއާއެކު އެބައިމީހުން ވާންޖެހޭނީ ބީރައްޓެހިންނަށް އުފަލާއެކު މަރުހަބާ ކިޔާ ބައެއް ކަމުގައެވެ. ހަމަ އެފަދައިން އެމީހުން ވާންޖެހޭނީ ހެޔޮ ވިސްނޭ، އިންސާފުވެރި، މާތް އަދި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވާ ބަޔަކަށެވެ.


އެކަލާނގެ އަހަރެމެންނަށް އިރުޝާދު ދެއްވީ ނުބައިނުލަފާ ގޮތްތަކާއި މާއްދީ އެދުންތަކުން ދުރުވެގެން ވުމަށެވެ. އަދި ތެދުވެރިވެ މާތްރަސްކަލާނގެއަށް ބިރުވެތިވެތިބެ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު މިދުނިޔޭގައި ޙަޔާތު ވޭތުކުރުމަށެވެ.


އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި ހެޔޮވިސްނައި، އިއްޒަތާއި ޤަދަރު ލިބިތިބެ، އުމުރުން ދުވަސްވީ މީހުންނަށް އެކަންތައް ދަސްކޮށްދީ ބުނެދޭށެވެ. އެއީ އެމީހުންނަށް އީމާންތެރިކަމާއި ލޯތްބާއި ކެތްތެރިކަމާއެކު އުޅެމުން ދެވޭނެ ގޮތްވުމަށެވެ.


މިފަދަ ދުވަސްވީ އަންހެނުން، ޒުވާން އަންހެން ކުދިން ތަރުބިއްޔަތު ކުރުމުގައި އެމީހުންގެ ފިރިންނަށާއި ދަރިންނަށް ލޯބި ދިނުމަށް އަންގައިދޭން ވާނެއެވެ.


މިގޮތުން އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމަށް ފިރިހެން ޒުވާނުނަށް ހިތްވަރު ދޭށެވެ.


އެހެންވީމާ ކަލޭމެން މާތްރަސްކަލާނގެ ކިބަފުޅަށް ބޯލަނބާށެވެ. އަދި އިބިލީސްއާއި ދެކޮޅަށް ތެދުވާށެވެ. އޭރުން އޭނާ ކަލޭމެންނާއި ދުރަށް ދުވާނެ އެވެ.


އެހެންވީމާ، ސާފުސީދާ ގޮތުގައި ވިސްނާ، އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުމަށް އާދަ ކުރާށެވެ. އީސާ އަލްމަސީޙުގެ އެނބުރިވަޑައިގަތުމުން ލިބިދޭނެ މަތިވެރި ނިޢުމަތްފުޅަށް އުންމީދު ކުރާށެވެ.


ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.


އެއަށް ފަހު، ހަރުއަޑަކުން ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އަތުވެއްޖެ! މި ހިނދު މާތްރަސްކަލާނގެ، އެކަލާނގެ ދިންނެވުމާއި، ކުޅަދުންވަންތަކަމާއި އަމުރުވެރިކަމާއި އަދި ރަސްކަންފުޅާއި އެކަލާނގެ ހާއްސަކުރެއްވި އަލްމަސީޙުގެ އަމުރު މަޢުރޫފުވެރިކަން އައިއްސި. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ރޭގަނޑާއި ދުވާލު އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ތުހުމަތު ކުރި ޝައިތާނާ މި ހިނދު އެ ވަނީ ދުނިޔޭގެ ތެރެއަށް އެއްލާލެވިފަ!


އޭ އުޑުތަކާ އަދި އުޑުތަކުގައި ތިބި ހުރިހާ އެންމެން އުފަލުގައިވޭ! ނަމަވެސް ބިމާއި އަދި ކަނޑަށް ބިރުވެރިކަން އަންނާނެ. އެހެނީ ޝައިތާނާ ބިމަށް އައީ ނުހަނު ރުޅިވެރި ކަމާއެކު. އެއީ އޭނާއަށް ލިބިގެންވަނީ ނުހަނު ކުޑަ ވަގުތުކޮޅެއްކަން އޭނާއަށް އެނގޭތީ.⁠“


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


އެއަށް ފަހު، އެބައިމީހުން މޮޔަހެއްދުވި ޝައިތާނާ އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވޭނެއެވެ. އަދި ކައްސަނދުވާނިން އަނދައި ދެއެވެ. އެއީ ކަނޑު ދާއްބަ އާއި ދޮގުވެރި ނަބީކަލޭގެ ވެސް ހުށަހެޅުނު ތަނެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދުވާލާއި ރޭގަނޑު އަބަދާއި އަބަދު ޢުޤޫބާތް ލިބިލިބި ހުންނާނެ އެވެ.


އެ މަލާއިކަތާ އެ ޑްރޭގަން އަތުލައިގަނެ އެއްހާސް އަހަރުވަންދެން ހިލިހިލާ ޖެހިއެވެ. އެ ޑްރޭގަނަކީ އެންމެ ގަދީމީ ހަރުފަވެސްމެއެވެ. އެއީ އިބިލީސް އަދި ޝައިތާނާގެ ނަމުން މުޚާތަބު ކުރެވޭ ފަރާތް ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ