7 ތިޔަބައިމީހުންގެ އެންމެހާ ފިކުރުތައް އެކަލާނގެއަށް ހުށަހަޅާށެވެ. ސަބަބަކީ އެކަލާނގެ ތިޔަބައިމީހުންނާއި މެދު އަޅާލުން ބަހައްޓަވާކަމެވެ.
މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތަށް އެދޭށެވެ. އޭރުން ތިމާ ކުރަން ބޭނުންވާ ކަންތައް ހާސިލުވާނެއެވެ.
ތިޔަބައިމީހުންގެ ތެރެއިން އެކަކަށް ވެސް ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އެންމެ ގަޑިއެއްގެ އިރު ވެސް އެމީހެއްގެ ޙަޔާތަށް އިތުރު ކުރެވިދާނެ ތަ؟
ފޭރާމާއި މެދު ތިޔަބައިމީހުން ކަންބޮޑުވަނީ ކީއްވެ؟ މާމެލާމެލި ހެދި ބޮޑުވެދާ ގޮތް ނިކަން ދެކިބަލަ. އެތަކެތި އަންނައުނު ވިޔެ ހެދުމުގައި ބުރަ މަސައްކަތެއް ނުކުރޭ.
އެހެންވީމާ ކާބޯތަކެތި ލިބޭނޭ ގޮތަކާއިމެދު، ނުވަތަ އަންނައުނު ހޯދާނޭ ގޮތަކާއިމެދު ތިޔަބައިމީހުން ފިކުރު ނުކުރޭ.
އެ ހިނދު ދޯނީގެ ކޮޅުފަސްކޮޅުގައި އޮތް ބާލީހެއްގައި ބޯއަޅުއްވައިގެން އީސާގެފާނު އޮންނެވީ އަވަހާރަފުޅު ލައްޕަވާފައެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނު އަވަހާރުފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު، އަޅުގަނޑުމެން މަރުވެ ދިޔަސް ސާހިބާ އަޅާނުލައްވާނުތޯ؟“
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެންގެ ދިރިއުޅުމާއި މެދު ނޫނީ ކަލޭމެން ކާނެ އެއްޗަކާއި މެދު ނުވަތަ ކަލޭމެންގެ ހަށިގަނޑާއި މެދު ނުވަތަ ލާނެ އަންނައުނާ މެދު ވިސްނާ ކަންބޮޑު ނުވޭ.
ކަލޭމެންނަށް މި ވަރުގެ ކުޑަކަމެއް ނުކުރެވޭ ހިނދު ދެން އިތުރު އެހެން ކަންތަކާއި މެދު ހާސްވުމުގެ ބޭނުމަކީ ކޮބާ؟
އަގު ދީފައި ބަހައްޓާފައި ހުންނަ މީހާ ދުވެ ފިލާނީ. އެއީ އޭނާއަކީ ހަމަ އެކަނި އޭނާއަށް ލިބޭ މުސާރައަށްޓަކައި މަސައްކަތް ކުރާ މީހެއް ކަމުން. އެއީ އެކަންބަޅިތަކުގެ މައްޗަށް އޭނާގެ ހިތުގައި އެއްވެސް ރަޙުމެއް ނުވާތީ.
ކަންތައްތަކާއިމެދުގައި ކަންބޮޑު ނުވާށެވެ. އަދި ކޮންމެ ކަމަކަށް އެދި ޝުކުރުވެރިކަމާއެކު މާތްރަސްކަލާނގެއަށް ދަންނަވާށެވެ.
މިކަންތައް މިހެން ހިނގައި އެމީހުންގެ ދަރިންކޮޅު ގެއްލުމުން އެމީހުން ތިބީ ރުޅިގަދަވެފަ އެވެ. އެމީހުން ދާއޫދު ގަލުން ތަޅައި ރަޖަމްކުރަން މަޝްވަރާ ކުރަން ފަށައިފިއެވެ. މިކަމާ ދާއޫދު ވަރަށް ކަންބޮޑު ވެއްޖެއެވެ. އެހެނަސް ދާއޫދު ވާގި އެދެމުން ދިޔައީ އޭނާގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅުން ނެވެ.