Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 5:3 - ކިތާބުލް މުޤައްދަސާ

3 ތިޔަބައިމީހުން ޒިންމާ އުފުލަމުން ދާ ފަރާތްތަކާއިމެދު ބާރު ހިންގުމަށް ނޭދޭށެވެ. ނަމަވެސް ރަނގަޅު މިސާލެއްގެ ގޮތުގައިވާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 5:3
26 ပူးပေါင်းရင်းမြစ်များ  

އަހަރެން ކަލޭމެންނަށް މިސާލު ދައްކައިފިން. ވީއިރު ކަލޭމެން ވެސް އަހަރެން ދެއްކި ގޮތަށް ކަންތައް ކުރޭ.


އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.


އަޚުންނާއި އުޚުތުންނޭވެ! އަހަރެންނަކީ ތިޔަބައިމީހުންނަށް ނަމޫނާއެއް ކަމުގައި ބަލައި އެގޮތުގައި އުޅެމުން ދާށެވެ. އަދި އަހަރެމެން މިސާލެއް ކަމުގައި ބަލައިގެން އުޅޭ މީހުންގެ ގާތުން އުނގެނޭށެވެ.


އަހަރެންގެ ފުށުން ތިޔަބައިމީހުންނަށް ދަސްވެ ލިބިދިން ކަންތަކާއި، އަހަރެންގެ ފަރާތުން އިވުނު ކަންތަކާއި، ފެނިގެންވީ އަމަލުތަކުގެ އިތުރުން އަހަރެން ބުނެދިން ކަންތައް ކުރާށެވެ. އެހެންވީމާ އަހަރެންދެއްކި ނަމޫނާ ތިޔަބައިމީހުން ބަލާށެވެ. މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ.


ވުމާއެކު، މެސެޑޯނިޔާ އާއި އަކޭޔާގެ އީމާންތެރިކަމުގައި ވީ ފަރާތްތަކަށް ތިޔަބައިމީހުން ނަމޫނާއަކަށް ވިއެވެ.


ތިޔަބައިމީހުންގެ އެދުރުން ކަމުގައިވާތީ އަގަކާނުލައި އަހަރެމެންނަށް ކާބޯތަކެތި ލިބިދިނުމުގެ ޙައްޤު އަހަރެމެންނަށް ލިބިގެންވިއެވެ. ނަމަވެސް އަހަރެމެން ބޭނުންވީ ތިޔަބައިމީހުންނަށް އަހަރެމެންނަކީ ނަމޫނާއެއް ކަމުގައި ވުމެވެ.


އެއްވެސް ޙާލަތެއްގައި ތިބާގެ އުމުރުގެ ހަގުކަމާއެކު، މީސްތަކުން ތިބާގެ ހައިސިއްޔަތާމެދު ފަރުވާކުޑަކުރުމުގެ ފުރުސަތު ނުދޭށެވެ. ތިބާގެ އުނގަންނައި ދިނުމާއި ލޯތްބާއި އީމާންތެރިކަމާ ސާދާ ދިރި އުޅުމުން އީމާންވީ ފަރާތްތަކަށް ނަމުނާއެއް ކަމުގައި ވާށެވެ.


ތިބާ އަބަދުވެސް މީހުންނަށް މިސާލެއް ކަމުގައި ވާށެވެ. އަދި ތިބާގެ އަމިއްލަ ނަފްސު ވާންޖެހޭނީ ހެޔޮ އަމަލުތައް ކުރުމުގައެވެ. ތިބާ އުނގަންނައި ދިނުމުގައި އިޚުލާސްތެރިވެ ކަމަށް ކަމޭހިތަންވާނެއެވެ.


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ