ޕަތަރަސްގެ ފުރަތަމަ ސިޓީ 5:2 - ކިތާބުލް މުޤައްދަސާ2 ހުއިހައްޕާ މީހަކު ކަންބަޅިތަކާއިމެދު ޒިންމާވާނެ ފަދައިން މީސްތަކުންނާއިމެދު ޒިންމާ ވާށެވެ. އެބައިމީހުންނާއިމެދުގައި ޒިންމާވާން ޖެހެނީ ތިޔަބައިމީހުންގެ އަޅާލުން އެބައިމީހުންގެ މައްޗަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާތީއެވެ. މިފަދައިން އަމަލުކުރަންވީ ހަމައެކަނި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތް ކަމުގައި ބަލައިގެން ނޫނެވެ. ތިޔަބައިމީހުން އުފާވެރި ކަމާއެކު ޚިދުމަތް ކުރުމަށް އެދިގެންވާތީއެވެ. ފަހަރެއްގައި ވެސް މުއްސަނދި ކަމަށް އެދިގެން ނޫނެވެ. ހިތުންރުހުމުން ކުރާ ކަމެއްގެ ގޮތުގައެވެ. အခန်းကိုကြည့်ပါ။ |
މަސީޙީ ޖަމާޢަތުގެ ބޮޑުންނަކީ މާތްރަސްކަލާނގެ މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އެހެންވީމާ އެމީހުންނަކީ ޤަދަރު ލިބިގެންވާ ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ބޮޑާކަމާއެކު ދިރިއުޅުމާއި، ކުއްލި ރުޅިއައުމާއި، މަސްތުވެގެންވުމާއި، އަނިޔާވެރިވުމުގެ އިތުރުން ކަންކަމުގައި ޚިޔާނާތްތެރި ވުމުން އެއްކިބާވެ ތިބޭ ބައެއް ކަމުގައި ވާންޖެހޭނެއެވެ.
އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.