Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 5:13 - ކިތާބުލް މުޤައްދަސާ

13 ތިޔަބައިމީހުން ފަދައިން މާތްކަލާނގެ އިޚްތިޔާރު ކުރައްވާފައިވާ ރޯމުގެ ޖަމާޢަތުގެ ހެޔޮ އެދުމާއި ތަހުނިޔާތައް ތިޔަބައިމީހުންނަށް ފޮނުވައެވެ. އަދި އަހަރެންގެ ދަރިއެއްފަދައިން ދެކޭ މަރުކުސްގެ ފަރާތުން ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 5:13
11 ပူးပေါင်းရင်းမြစ်များ  

ޕަތަރަސްއަށް މި ވީނުވީ ގޮތް އެނގުމުން އޭނާ ދިޔަގޮތަށް ދިޔައީ ޔޫޙަންނާގެ މަންމަ މަރިޔަމުގެ ގެއަށެވެ. މި ޔޫޙަންނާގެ އަނެއް ނަމަކީ މަރުކުސްއެވެ. އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ތެރެއިން އެތައް ބަޔަކު އެގެއަށް އައިސް ދުޢާ ކުރުމަށް ތިއްބެވެ.


ބަރުނައްބާސް އާއި ޝާއުލް ޖެރޫސަލަމުގައި އެމީހުން ކުރަން ނިންމި ހުރިހާ ކަންތައްތައް ކުރުމަށް ފަހު ޔޫޙަންނާ މަރުކުސް ގޮވައިގެން އަންތީޔޮކުއަށް އެނބުރި ދިޔައެވެ.


ބަރުނައްބާސް ބޭނުންވީ ޔޫޙަންނާ މަރުކުސް ވެސް އެމީހުންނާއި އެކު ގެންދިއުމަށެވެ.


ނަމަވެސް މި ކަމުގައި ޕައުލް އާއި ބަރުނައްބާސް އާއި ދެމެދުގައި ވަރަށް ބޮޑު ދެބަސްވުމެއް ހިނގިއެވެ. އެކަމުގެ ސަބަބުން އެދެމީހުން ވަކި ވެ ދެމީހުން ދެ މަގުން ދިޔައެވެ. ދެން ބަރުނައްބާސް މަރުކުސް އާއި އެކު އޮޑިއެއްގައި ސައިޕުރަސް އަށް ދަތުރުކުރިއެވެ.


އަހަރެންނާއި އެކުގައި ޖަލުގައި ހައްޔަރު ކުރެވިފައިވީ އަރިސްތާރުކު ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އަދި ބަރުނައްބާސްގެ ދެބެއިންގެދެދަރި މަރުކުސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައިދިނުމަށް އަހަރެންގެ ކިބައިން އެދުނެވެ. ތިޔަބައިމީހުންނަށް ވާނީ މި މަރުކުސް އާމެދު ކަންތައް ކުރާނެގޮތް ބުނެދީފައެވެ. އޭނާއަށް ތިޔަބައިމީހުންގެ ގާތަށް ދެވިއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާށެވެ.


މީގެ އިތުރުން އަހަރެންގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރަމުން ދާ މަރުކުސް އާއި، އަރިސްތާރުކު އާއި، ދެމާސް އާއި އަދި ލޫކާސް ވެސް ތިބާއަށް ތަހުނިޔާ ފޮނުވައެވެ.


ޚާއްސަވެގެންވާ ކަމަނާއާއި އެކަމަނާގެ ދަރިންނަށް މަސީޙީ ޖަމާޢަތުގެ އިސް މީހެއް ކަމަށްވާ ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވަމެވެ. ތިޔަ ހުރިހާ އެންމެން ދެކެ ތެދުވެރިކަމާއެކުގައި އަހަރެން ލޯބިވަމެވެ. އަދި ތެދު ޙަގީގަތަކީ ކޮބައިކަން ދަންނަ ހުރިހާ އެންމެން ވެސް ތިޔަބައިމީހުން ދެކެ މިފަދައިން ލޯބިވެއެވެ.


މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޚާއްސަ އުޚުތާގެ ފަރާތުން ތަހުނިޔާ ފޮނުވަމެވެ.


އޭނާގެ ނިތްކުރީގައި ލިޔެވިފައިވާ ލިޔުމުގައި ވަންހަނާ ކުރެވިފައިވާ މާނައެއް ވެއެވެ. ލިޔެވިފައިވިއެވެ. ”⁠މަތިވެރި ބާބިލް. ނާސި އަންހެނުންގެ މައިއަންހެނާ އާއި އަދި ދުނިޔޭގައިވާ އެންމެ ނުބައިކަމުގެ މައި އަންހެނާ.⁠“


އެކަލޭގެފާނު ހަރު އަޑުން ގޮވާލެއްވިއެވެ. ”⁠އެ ސަހަރު ނެތި ހިނގައްޖެ! މަތިވެރި ބާބިލް ނެތި ފަނާވެއްޖެ! އެ ސަހަރު ވަނީ ޝައިތާނުންނާއި ނުތާހިރު ރޫޙުތައް އަވަލާފައި. ހުރިހާ ބާވަތެއްގެ ނަޖިސް އަދި ފަކުރުގަންނަފަދަ ދޫނިތަކާއި ޖަނަވާރުތަކުން އެރަށް ވަނީ ފުރިފައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ