Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 5:10 - ކިތާބުލް މުޤައްދަސާ

10 ތިޔަބައިމީހުންނާއި މެދު މާތްރަސްކަލާނގެ އޯގާވަންތަވެ ވޮޑިގަންނަވާ އެކަލާނގެ ނިމުމެއްނުވާ ޖަލާލަތުގައި ބައިވެރިވުމަށް އަލްމަސީޙު މެދުވެރި ކުރައްވާ ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވައެވެ. ތިޔަބައިމީހުން ހިނދު ކޮޅަކަށް ވޭން އުފުލި ކަމުގައިވިޔަސް އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައިވެ ހިތްވަރު ދީ ތިޔަބައިމީހުންނަށް ވާގިދެއްވައެވެ. އަދި ފުރިހަމަ ބިންގަލެއްގެމަތީގައި ތިޔަބައިމީހުން ގާއިމު ކުރައްވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 5:10
39 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އަހަރެން ކަލެއަށްޓަކައި ދުޢާކޮށްފީން. އެއީ ކަލޭގެ އީމާންކަން ނެތިގެން ނުދިއުމަށް އެދި. ކަލޭ ތައުބާވެ އަލުން އަހަރެންގެ ކިބައަށް އެނބުރުމަށް ފަހު ކަލޭގެ އެހެން އަޚުންނަށް އީމާންކަން މަތީ ދެމިތިބުމަށް ހިތްވަރު ދީ.⁠“


ކޮންމެ ޙާލަތަކަށް ކުރިމަތިލުމުގެ ކުޅަދާނަކަން އަލްމަސީޙު އަހަރެންނަށް ދެއްވައެވެ.


ބިމަށް މޫލާފައިވާ ގަހެއް ފަދައިން އެކަލޭގެފާނުގެ ކިބަފުޅުގައި ތިޔަބައިމީހުން މޫލައި ހަރުލައްވާ ތިޔަބައިމީހުންގެ ދިރިއުޅުން އެކަލޭގެފާނުގެ މައްޗަށް ބިނާކުރުމަށެވެ. އަދި ދަސްކޮށްދެވިފައިވާ ފަދައިން ތިޔަބައިމީހުންގެ އީމާންކަން ވަރުގަދަ ކުރާށެވެ. އަދި ޝުކުރުން ފުރިގެންވާށެވެ.


އަހަރެމެން ތިޔަބައިމީހުންނަށް ހިތްވަރު ދިނީމުއެވެ. އަހަރެމެން ތިޔަބައިމީހުން ހިތްހަމަ ޖައްސައިދިނީމުއެވެ. އަދި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތް ވޭތު ކުރުމުގައި ވުމަށް ކެނޑިނޭޅި އެދުނީމެވެ. އެކަލާނގެ ރަސްކަންފުޅާއި އެކަލާނގެ މަތިވެރިކަމުގައި ތިޔަބައިމީހުން ޙިއްސާކުރުމަށް އެކަލާނގެ އެދިވޮޑިގަންނަވައެވެ.


ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވުމުގައާއި، ދިންނެވުން ދެއްވުމަށްޓަކައި މާތްރަސްކަލާނގެ ބޭނުން ކުރެއްވީ ހެޔޮޚަބަރުފުޅުން އަހަރެމެން އިއްވަމުން ގެންދިޔަ ވަޢުޡުތަކެވެ. އެހެންކަމުން އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ޖަލާލަތުކަމުގައި ތިޔަބައިމީހުންނަށް ޙިއްސާ ކުރެވޭނެއެވެ.


ނަމަވެސް މާތްސާހިބާ އަކީ ވަފާތެރި ފަރާތެވެ. އަދި ތިޔަބައިމީހުންނަށް ބާރުދެއްވައި ޝައިތާނާގެ ކިބައިން ތިޔަބައިމީހުން ރައްކާތެރިކޮށް ދެއްވާނެއެވެ.


މާތްރަސްކަލާނގެ މަގުގައި ފުރިހަމަ އީމާންތެރިކަމާއި އެކުގައި ހަނގުރާމަކުރާށެވެ. އެކަލާނގެ ގޮވާލެއްވި ނިމުންނުވާ ޙަޔާތުގައި ދެމެހެއްޓެނިވި ގޮތެއްގައި ވޭތުކުރެވޭތޯ ބަލާށެވެ. އެތަކެއް ބައެއްގެ ކުރިމަތީގައި ތިބާ އެއްބަސްވީ ފަދައިން ވެސް އެވެ.


އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައި ވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތްފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ.


މިފަދަ ކޮންމެ ދަތިކަމަކަށް ކެތްކުރުމަށް އަހަރެން ތައްޔާރުގައި މިހިރީ މާތްކަލާނގެ ހޮއްވެވި މީހުންނަށް އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވައި ނިމުމެއް ނުވާ ޖަލާލަތުކަމާއެކު ދިންނެވުން ލިބޭނެ ގޮތް ވުމަށްޓަކައެވެ.


އީސާގެފާނު އަވަހާރަވީ ކުރީގެ ޢަހުދުނާމާގެ ދަށުގައި ތިބެ ފާފަ ކުރި މީހުންގެ ފާފަތަކަށް ވެސް އަގު ދެއްކެވުމަށްޓަކައެވެ. މިއަދު އެކަލޭގެފާނު ހޮއްވެވި މީހުންނަށްޓަކައި އާ ޢަހުދުނާމާއެއް ހޯއްދަވައި ދެއްވުމުގައި އެކަލޭގެފާނު މެދުވެރިވެ ވަޑައިގެންފިއެވެ. އެ ޢަހުދުނާމާއަކީ މާތްރަސްކަލާނގެ ނިމުމެއް ނުވާ ބަރަކާތް އެމީހުންގެ މައްޗަށް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިދެނިވި ޢަހުދުނާމާއެކެވެ.


އަބަދުވެސް މާތްކަލާނގެ މުޤައްދަސް މީހުން އުޅޭފަދަ ދިރިއުޅުމެއް އުޅެމުން ގެންދާށެވެ. އެހެނީ ތިޔަބައިމީހުން ހޮއްވެވީ މާތްކަލާނގެއެވެ. މާތްކަލާނގެއީ ޤުއްދޫސްވަންތަ ކަލާނގެއެވެ.


އަނެކުންނަށް ޚިދުމަތް ކުރުމަށްޓަކައި މާތްރަސްކަލާނގެ، އެކަލާނގެ މަތިވެރި ރޫޙުފުޅުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަލާނގެވަނީ ރޫޙާނީ މަތިވެރި ހަދިޔާތަކެއް ދެއްވާފައެވެ. އެގޮތުގެ މަތިން މީސްތަކުންނާއިމެދު ތިޔަބައިމީހުން ރަނގަޅަށް ޚިދުމަތް ކުރާށެވެ. ތިޔަބައިމީހުންގެ ފުށުން މާތްރަސްކަލާނގެ ނިޢުމަތްފުޅު ފެނިގެންދާނެއެވެ.


މީސްތަކުންނަށް ވަޢުޡު އިއްވާ ހިނދު މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވާށެވެ. މީހަކަށް ޚިދުމަތެއް ދޭނަމަ މާތްރަސްކަލާނގެ ދެއްވި ހިތްވަރުން ޚިދުމަތް ކުރާށެވެ. އެއީ މާތްރަސްކަލާނގެ ދެއްވި އެންމެހާތަކެތި އެކަލާނގެ ދެއްވެވީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އެކަލާނގެއަށް ސަނާ ކިޔުމަށެވެ. އެންމެހައި މަތިވެރި ކަމަކާއި އާރާބާރު ދާއިމަށް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އާމީން.


އަހަރެމެންނަށް ފުރިހަމަ ގޮތުގައި އީސާގެފާނު އެނގިގެންވުމުން އެކަލޭގެފާނުގެ އިލާހީ ކުޅަދުންވަންތަކަމުން މާތްރަސްކަލާނގެ މަގުގައި ޙަޔާތް ވޭތުކުރުމާއި އެކަލާނގެއަށް ޚިދުމަތް ކުރުމުގައި ބޭނުންވާނޭ އެންމެހާ ތަކެއްޗެއް އަހަރެމެންނަށް ދެއްވިއެވެ. އެކަލޭގެފާނު އަހަރެމެންނަށް ދަޢުވަތު ދެއްވީ އެކަލޭގެފާނުގެ ޢަޖާއިބެއްފަދަ ޖަލާލަތުކަމާއި ހެޔޮކަމުގައި އަހަރެމެން ވެސް ޙިއްސާ ވުމަށެވެ.


އަހަރެމެންނަށް ދެއްވާނެކަމަށް އަލްމަސީޙު ވަޢުދުވެ ވަޑައިގެންނެވީ ނިމުންނުވާ ޙަޔާތެވެ.


ތިޔަބައިމީހުން ކައްސައިލިޔަނުދީ އެހީތެރިވުމުގެ ކުޅަދާނަކަން ލިބިވޮޑިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ތިޔަބައިމީހުން ކުށެއް ނެތި މާތްކަލާނގެ ޖަލާލަތުވަންތަ ޙަޟްރަތުގައި އުފަލުން ފުރިގެން ވާނެ ގޮތް މެދުވެރި ކުރައްވަނީ އެކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ