ޕަތަރަސްގެ ފުރަތަމަ ސިޓީ 4:7 - ކިތާބުލް މުޤައްދަސާ7 ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ. အခန်းကိုကြည့်ပါ။ |
ހަމަ މިގޮތުގެ މަތިން ފިރިން ވެސް އެބައިމީހުންގެ އަނބިންގެ އިހުސާސްތައް ދަނެގަތުމާއެކު އަޅާލާން ޖެހޭނެއެވެ. އެކަނބަލުންނާއި އެކުގައި ޙަޔާތު ވޭތުކުރާއިރު އެކަނބަލުންނަކީ ތިޔަބައިމީހުންނަށް ވުރެން ނާޒުކު ބައެއްކަމުގައި ބަލައިގެންނެވެ. ނަމަވެސް އެކަނބަލުންނަށް ޤަދަރުކުރުމާއި އެކުގައެވެ. ސަބަބަކީ ތިޔަބޭކަލުންނަށް މާތްރަސްކަލާނގެ ދެއްވިފަދަ ނިޢުމަތްތަކެއް އެކަނބަލުންނަށް ވެސް އެކަލާނގެވަނީ ދެއްވާފައެވެ. އަދި އެކަނބަލުން އައުޙަޔާތުގެ ހަދިޔާއިން ތިޔަބޭކަލުންނާއި ޙިއްސާކުރެއެވެ. މިފަދައިން އެ އަނބިކަނބަލުންނާއި މެދު އަމަލު ނުކުރާނަމަ ތިޔަބައިމީހުންގެ ދުޢާ އައްސަވާވޮޑިގެންނުވެއެވެ.