ޕަތަރަސްގެ ފުރަތަމަ ސިޓީ 4:2 - ކިތާބުލް މުޤައްދަސާ2 އޭރުން ތިޔަބައިމީހުންގެ ޙަޔާތުގެ ބާކީ އޮތް ދުވަސްތައް އަމިއްލަ ނުބައިވެގެންވާ އެދުންތަކުން އެއްކިބާވެ ތިބެ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން މި ދުނިޔެ ވޭތުކުރެވޭނެއެވެ. အခန်းကိုကြည့်ပါ။ |
މި ދެ ދަރިންގެ ތެރެއިން ބައްޕައަށް ކިޔަމަންތެރިކަން އަދާކުރީ ކޮން ދަރިއެއް؟“ ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”ދޮށީ ދަރިފުޅު.“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. ނުޙައްޤުން މީހުންގެ އަތުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން ވެސް ތިޔަބައިމީހުންނަށް ވުރެ ކުރިން މާތްރަސްކަލާނގެ ރަސްކަންފުޅު ލިބި ސުވަރުގެއަށް ދާނެ.
އަހަރެމެން އެންމެން ވެސް މާޒީގައި ޙަޔާތު ވޭތުކުރީ އެފަދައިންނެވެ. އަހަރެމެންގެ ޖިސްމާއި ބުއްދީގެ މައްޗަށް ބާރު ހިންގީ އަމިއްލަ އެދުންތަކެވެ. އަހަރެމެންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާގެ ވޭން އަހަރެމެން އުފުލަން ޖެހޭނެވެ. އޭރު އަހަރެމެން ހުރިހާ އެންމެންނަކީ އެފަދަ މީހުންނާއި ތަފާތެއްނެތް ބައެކެވެ.
ސާހިބުންނަށް ތިޔަބައިމީހުން ކިޔަމަންތެރިކަން އަދާކުރަންވީ ތިޔަބައިމީހުން ކުރާ މަސައްކަތް އެބައިމީހުން ބަލައި ތަޢުރީފުކުރާ ހިނދުގައި އެކަންޏެއްނޫނެވެ. ނަމަވެސް ތިޔަބައިމީހުން ކުރާ މަސައްކަތްތައް މުޅިހިތުން މާތްރަސްކަލާނގެ އެދިވޮޑިންނަވާ ފަދައިން ކުރާށެވެ. ސަބަބަކީ ތިޔަބައިމީހުންނަކީ އަލްމަސީޙުގެ ޚާދިމުން ކަމުގައިވުމުންނެވެ.
ތިޔަބައިމީހުންނާއި ބެހޭ ޚަބަރުތައް އަހަރެމެންނަށް އަޑު އިވުނީއްސުރެ ތިޔަބައިމީހުންނަށްޓަކައި ދުޢާކުރުން އަހަރެމެން ހުއްޓައެއް ނުލަމެވެ. އަދި އެކަލާނގެ މާތް ރޫޙުފުޅުން ދެއްވާ ހުރިހާ ޙިކުމަތްތަކާއި ވިސްނުންތެރިކަމުން އެކަލާނގެ އެދިވޮޑިގެންވާ ކަންތައްތަކުގެ ފުރިހަމަ އިލްމު ތިޔަބައިމީހުންނަށް ދެއްވުން އެދި އަހަރެމެން މެދުނުކެނޑި ދުޢާކުރަމެވެ.
ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.
އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!