Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 4:15 - ކިތާބުލް މުޤައްދަސާ

15 މީހުންމެރުމާއި، ވައްކަންކުރުމާއި، އުނދަގޫކުރުމުގެ އިތުރުން އެހެނިހެން މީސްތަކުންނާއި މެދު ޖާސޫސު ކުރުމުގައި ތިޔަބައިމީހުން ވޭން ނުއުފުލާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 4:15
9 ပူးပေါင်းရင်းမြစ်များ  

ވައްކަން ކުރަން ގެއަކަށް ވަދެ އުޅެނިކޮށް، ވަގަކު އަތުލައިގަނެވި އެ ވަގުކަލޭގެ ގައިގައި ޖެހުމުން އޭނާ މަރުވިޔަސް މީހަކު މެރިކަމުގެ ކުށުން އެ މެރިމީހާ ކުށްވެރިއެއް ނުވާނެ.


ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުގެ ސަބަބުން މީސްތަކުން ތިޔަބައިމީހުން ބަދުނާމުކޮށް، އަނިޔާވެރިވެ އަދި ތިޔަބައިމީހުންނާއި ބެހޭ ގޮތުން ހުރިހާ ބާވަތެއްގެ ނުބައިވެގެންވާ ވާހަކަތައް ވެސް ދައްކައި ހަދާނެ. ނަމަވެސް ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލިބިގެންވޭ.


ތިޔަބައިމީހުންގެ ލަނޑުދަނޑިއަކީ ހަމަހިމޭން ދިރިއުޅުމެއް އުޅުމެވެ. ތިޔަބައިމީހުންނާއި ނުބެހޭ ކަންތައްތަކާއި މެދުގައި ނުބެހި ތިބޭށެވެ. މީގެ ކުރީގައި ބުނިފަދައިން ތިޔަބައިމީހުންގެ މަސައްކަތުން ދިރިއުޅުމަށް ބޭނުންވާ ތަކެތި ހޯދާށެވެ.


ނަމަވެސް ތިޔަބައިމީހުންގެ ތެރެއިން ބައެއް ފަރާތްތައް މަސައްކަތް ކުރުމަށް އިންކާރުކޮށް ބޭކާރު ގޮތުގައި ވަގުތު ހޭދަ ކުރާ ވާހަކަ އަހަރެމެން އަޑުއެހީމެވެ. އަދި އެފަރާތްތަކާއި ނުބެހޭ ކަންތައްތަކުގައި ޝާމިލުވެ ކަން ބަލަމުން ދާ ބައެއް ކަމުގެ އަޑު ވެސް އަހަރެމެން އެހީމެވެ.


މީގެ އިތުރުން މިފަދަ ކުދިންގެ ކަންނެތްކަމާއި އެއްގެއިން އަނެއް ގެއަށް ވާހަކަ އުފުލުމުގައި ވަގުތު ދުއްވާލެވެއެވެ. އަދި އަނެކުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެކުދިންނާ ނުބެހުނަސް ބެހި ބަސްބުނެ ހަދައެވެ.


އަހަރެން އަންގައިދޭ މި ހެޔޮޚަބަރުފުޅުގެ ސަބަބުން އަހަރެން މިހާރު މިވަނީ ޖިނާއީ ކުށްވެރިއެއް ފަދައިން ހިލިހިލާޖެހި ވޭން ލިބިދޭ ގޮތެއްގައި ހައްޔަރު ވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަކު ހިލިލާޖެހި ހައްޔަރެއް ނުކުރެވޭނެއެވެ.


ނަމަވެސް ހެޔޮ އަމަލުތައް ކުރުމަށްޓަކައި ތިޔަބައިމީހުން ވޭންތަކެއް އުފުލާނަމަ، މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވާނެއެވެ. އެހެންވީމާ، ބިރުވެތިނުވާށެވެ. އަދި ކަންބޮޑު ވެސް ނުވާށެވެ.


ހަނދާންކުރާށެވެ. މާތްކަލާނގެއަށް ކިޔަމަން ގަނެގެން ވޭނާ ކުރިމަތިލާން ޖެހުމަކީ ނުބައިކަންތަކެއް ކޮށްގެން ވޭނާ ކުރިމަތިލާން ޖެހުމަށް ވުރެން ހެޔޮކަން ބޮޑުކަމެކެވެ. އެއީ މާތްކަލާނގެ އެދިވޮޑިގެންވަނީ މިގޮތް ކަމަށް ވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ