Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 4:14 - ކިތާބުލް މުޤައްދަސާ

14 އަލްމަސީޙުގެ ސަބަބުން މީސްތަކުން ތިޔަބައިމީހުން ބަދުނާމު ކުރަމުން ދާނަމަ އެއީ ތިޔަބައިމީހުންނަށް ލިބިދެނިވި ނިޢުމަތެކެވެ. ސަބަބަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ނޫރު ތިޔަބައިމީހުންނާއި އެކުގައި ވޮޑިގެންވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 4:14
37 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުގެ ސަބަބުން މީސްތަކުން ތިޔަބައިމީހުން ބަދުނާމުކޮށް، އަނިޔާވެރިވެ އަދި ތިޔަބައިމީހުންނާއި ބެހޭ ގޮތުން ހުރިހާ ބާވަތެއްގެ ނުބައިވެގެންވާ ވާހަކަތައް ވެސް ދައްކައި ހަދާނެ. ނަމަވެސް ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލިބިގެންވޭ.


މި އުސޫލުން، ތިޔަބައިމީހުންގެ ކިބާގައިވާ އަލިކަން ވެސް މީސްތަކުންނަށް ފެންނަންވާނެ. ތިޔަބައިމީހުންގެ ކިބައިން ފެންނަ ހެޔޮ ޢަމަލުތަކަށްޓަކައި މީސްތަކުން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅަށް އެބައިމީހުން ޙަމްދުކުރާނެ.⁠“


އިންސާނާގެ ދަރިކަލުންގެ ސަބަބުން މީހުން ކަލޭމެންގެ މައްޗަށް ރުޅިއަރާ، އެމީހުންގެ ތެރޭ ބައިވެރި ނުކޮށް، ކަލޭމެންނާ ދިމާލަށް ހަޑިހުތުރު އެއްޗިހި ކިޔާ އަދި ކަލޭމެންނަކީ ނުބައިމީހުން ކަމަށް ބަލާނެ. މިފަދައިން ކަލޭމެންނާ ދޭތެރޭ މީހުން ކަންތައް ކުރާ ހިނދު ކަލޭމެންގެ މައްޗަށް ރަޙުމަތްލެއްވިގެން ވޭ.


ދުނިޔޭގެ މީސްތަކުން ކަލޭމެންނަކީ އަހަރެންގެ މީހުންނަށް ވީތީ ކަލޭމެން ދެކެ ނަފްރަތުކޮށް ރުޅިއަންނާނެ. އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ އެމީހުން ނުދަންނާތީ.


އެވަގުތު އެމީހުން ހަޅޭއްލަވަން ފެށިއެވެ. ”⁠ކަލޭތީ ސަމީރިއްޔާގެ ޖިންނި މޮޔަވެފައި ހުރި މީހެކޭ އަހަރެމެން ބުނި ބަސް އެއީ ތެދެއް ނޫންތަ؟⁠“


ދެން އެމީހުން އޭނާއާ ދިމާއަށް އެއްޗިހި ކިޔައިގެންފައި ބުންޏެވެ. ”⁠އޭނާ އަށް ތަބާވެގެން ތިހިރީ ކަލޭ. އަހަރެމެންނަކީ މޫސާގެފާނަށް ތަބާވެގެން ތިބި މީހުން.


ފަރީސީން އެމީހާއަށް ބުންޏެވެ. ”⁠ކަލެއަކީ އުފަންވީ އިރު ވެސް ފާފައިން ފުރިފައި ހުރި މީހެއް. ކަލޭ ތިޔަ އުޅެނީ އަހަރެމެންނަށް ވެސް ކިޔަވައިދޭންތަ؟⁠“ މިހެން ބުނެ އެމީހާ އެ މަރުކަޒުން ނެރެ ބޭރުކޮށްލައިފިއެވެ.


ބަނީއިސްރާއީލުގެ ވެރިންނަށް މި ތަނަށް އެއްވެފައިވާ މީހުންގަނޑު ފެނުމުން ވަރަށް ހަސަދަވެރިވިއެވެ. އަދި ޕައުލް ދެރަކޮށް ދަށްކޮށްލުމަށް ވާހަކަދެއްކިއެވެ. އަދި އޭނާ ބުނި ކޮންމެ ބަހަކާއި އިދިކޮޅު ހަދާ ވާހަކަދެއްކިއެވެ.


ނަމަވެސް އެމީހުން ޕައުލްގެ ވާހަކަތަކާއި ދެކޮޅުހަދާ އޭނާއާއި ދިމާލަށް ނަހަމަ އެއްޗެތި ކިޔާ ހެދުމުން ޕައުލް އެމީހުން ދޫކޮށްލި ކަން ހާމަކުރުމުގެ ގޮތުން އޭނާގެ ހެދުމުން ހިރަފުސް ފޮޅާލާފައި އެމީހުންނަށް ބުންޏެވެ. ”⁠ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވި ދިންނެވުން ނުލިބުނީ ނަމަ އެއީ ކަލޭމެންގެ އަމިއްލަ ކުށް. އަހަރެންނަށް އެ ކަމާމެދު ކުރެވެން އޮތް ވަރަކަށް އަހަރެން މަސައްކަތް ކޮށްފީން. މީގެ ފަހުން އަހަރެން މި ދިންނެވުމުގެ ވާހަކަތައް އަންގައިދިނުމަށް ދާނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް އެކަނި.⁠“


ނަމަވެސް އަހަރެމެން ކަލޭ ބުނަން ބޭނުންވި އެއްޗެއްގެ އަޑު އެހުމަށް ބޭނުންވިއޭ. އަހަރެމެންނަށް އެނގޭހާ ވެސް އެއްޗަކީ ހުރިހާ ތަނެއްގައި ވެސް މީހުން ތިޔަ ބުނި ޖަމާޢަތުގެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކާ ކަމޭ.⁠“


އީސާގެފާނުގެ މަންދޫބުން އެ ކޯޓުން އެނބުރި ދިޔައީ އުފާކުރަމުންނެވެ. އެއީ އެމީހުންނަކީ އީސާގެފާނުގެ ޙައްޤުފުޅުގައި އަނިޔާ ލިބުން އެކަށީގެންވާ ބަޔަކު ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންވީތީއެވެ.


ދެން އީސާގެފާނަށް އީމާންވެތިބި ޖަމާޢަތުގެ މީހުން އަހަރެންގެ ސަބަބުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކޮށް ސަނާކިޔަމުން ދިޔައެވެ.


އެއާ ޚިލާފަށް އެކަލޭގެފާނު ދެކެވަޑައިގެންނެވީ މިޞްރުގެ ޚަޒާނާއަށް ވުރެން އަލްމަސީޙަށްޓަކައި ލަދާއި ވޭނުގައި ހޭދަކުރެއްވުން މާ ރަނގަޅުކަމަށެވެ. އެކަލޭގެފާނު ބެއްލެވީ ކުރިމަގުގައި ލިބޭނެ އިނާމަކަށެވެ.


އުފާވެރި ކަމުގައިވާ މީހުންނަކީ ކުރިމަތިވާ މުސީބާތްތަކަށް ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނެވެ. މިފަދަ ފަރާތްތަކަށް ޙަޔާތުގެ ތާޖު ލިބިދެއެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ދެކެ ލޮބުވެތިކަމުގައިވާ ހުރިހާ އެންމެންނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި އިނާމު ވެސްމެއެވެ.


އަހަރެމެން މަތިވެރިކަމެއް ދެނީ ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނަށެވެ. އައްޔޫބުގެފާނުގެ ކެތްތެރިވެ ވަޑައިގަތުމާއި އަދި އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަތުމުން ސާހިބުވަންތަކަލާނގެ އެކަލޭގެފާނަށް އެންމެފަހުން އެހީތެރިވެ ވޮޑިގެންނެވީ ހެޔޮ ގޮތުގައިކަން ކަލޭމެން ވާނީ އަޑު އަހާފައެވެ. ސާހިބުވަންތަކަލާނގެ މިފަދައިން އަމަލުކުރެއްވި ސަބަބަކީ އެކަލާނގެއީ އޯގާވަންތަ އަދި ރަޙުމަތްވަންތަ ރަސްކަލާނގެ ކަމުގައިވުމެވެ.


އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ.


ނަމަވެސް ހެޔޮ އަމަލުތައް ކުރުމަށްޓަކައި ތިޔަބައިމީހުން ވޭންތަކެއް އުފުލާނަމަ، މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވާނެއެވެ. އެހެންވީމާ، ބިރުވެތިނުވާށެވެ. އަދި ކަންބޮޑު ވެސް ނުވާށެވެ.


އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުން ދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ.


ނަމަވެސް މަސީޙީއެއްގެ ގޮތުގައި ވުމުން ލިބިދޭނެ ވޭނާއި މެދު ލަދުވެތިނުވާށެވެ. ތިޔަބައިމީހުންނަށް މަސީޙީއެއްގެ ގޮތުގައި ވުމަށް ލިބިދިން ޝަރަފަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރާށެވެ.


އެފަދަ ދޮގު އެދުރުންގެ ފާހިޝް އަމަލުތައް ގިނަމީސްތަކުން ބަލައިގަންނާނެއެވެ. އެހެންވެ އެހެނިހެން ފަރާތްތަކުން ތެދު މަގާއިމެދު ކުފުރުގެ ބަސްތައް ބުނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ