Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:8 - ކިތާބުލް މުޤައްދަސާ

8 ޚުލާސާގޮތެއްގައި ލިޔަމެވެ. ތިޔަބައިމީހުން އެއްވިސްނުމެއްގައި ތިބެ، އެކަކު އަނެކަކާ މެދު ހަމްދަރުދީވެ، އެކަކު އަނެކަކަށް ނިއަނެތިކަމާއި ހިތްތިރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:8
32 ပူးပေါင်းရင်းမြစ်များ  

ރިބާގެ ގޮތުގައި އިތުރަށް ނަގައި ތިމާ މުއްސަނދިވާ ފައިސާތައް ގެއްލި، އެފައިސާތައް އެންމެ ފަހުން ވަންނާނީ ފަގީރުންނާ މެދު ދީލަތިކޮށް ހިތާ މީހާގެ ޖީބަށެވެ.


އަހަރެން ކަލެއާއި މެދު ރަޙުމް ކުރި ފަދައިން އަނެއް ޚާދިމު އާއި މެދު ކަލޭ ވެސް ރަޙުމް ކުރަން ނުޖެހޭނެތަ؟⁠‘


އެއަށް ފަހު އެމަގުން ދަތުރުކޮށް ދިޔަ ތިންވަނަ މީހަކު އައި. އޭނާއަކީ ސަމީރިއްޔާ ރަށުގެ މީހެއް. މީނާއަށް މިޒަޚަމު ވެފައިވާ މީހާ ފެނުމުން އޭނާގެ މައްޗަށް ރަޙުމްކޮށް ހަމްދަރުދީވި.


މިއަށް ފަހު ދުވަސްކޮޅެއް ފަހުން، ބަނީއިސްރާއީލު މީހުންގެ ގޮވާންކެނޑުމުގެ ޢީދު ފާހަގަ ކުރުމަށްޓަކައި އެކި ރަށްތަކުން އެ ދީނުގެ ވަރަށް ގިނަ މީހުން ޖެރޫސަލަމަށް އައެވެ. މާތް ސާހިބު އީސާގެފާނުގެ މައްޗަށް އީމާންވާ މީހުން ވެސް އެ ރަށުގެ ގެއެއްގައި އެއްވިއެވެ.


އަހަރެމެން ފުރި ދުވަހުގެ އަނެއްދުވަހު އޮޑި ޞައިދޫނަށް ލެފިއެވެ. ޖޫލިޔުސް ޕައުލްއާއި ދޭތެރޭ ވަރަށް ރަނގަޅަށް ކަންތައް ކުރެއްވިއެވެ. ޕައުލްއަށް އެއްގަމަށް ގޮސް އެ ރަށުގައިވާ ޕައުލްގެ ރައްޓެހިންނާ ބައްދަލު ކުރުމަށް ވެސް ޖޫލިޔުސް ހުއްދަ ދެއްވިއެވެ. އެ ރަށުގައި ވީ ޕައުލްގެ ރައްޓެހިން އޭނާއަށް ހެޔޮކޮށް ހިތިއެވެ.


މި ރަށުގެ އެންމެ އިސްމީހަކީ ޕޫބްލިޔުސް އެވެ. މިތާގެ ކައިރީގައި އޭނާގެ ދަނޑުބިންތަކެއް ވެއެވެ. އޭނާ އަހަރެމެން އެންމެން އޭނާގެ ގެއަށް ގެންގޮސް އަހަރެމެންނަށް ވަރަށް ހެޔޮކޮށް ހިތާ ކަންތައް ކުރިއެވެ. އެގޭގައި އަހަރެމެން ތިން ދުވަސް ވަންދެން ތިބީމެވެ.


އީސާގެފާނަށް އީމާންވެގެންވީ އެންމެން އެއްބައިވަންތަވެ އެކަކު އަނެކަކާއި ދޭތެރޭ ވަރަށް ގާތްކަން ބާއްވާ އެކުވެރިކަން މަތީ އުޅުނެވެ. އަދި އެކަކުގެ މުދަލާއި ތަކެއްޗަކީ ވެސް އަނެކަކުގެ ވެސް އަމިއްލަ އެއްޗިހި ކަމަށް ދެކި ދީލަތިކަމާއި އެކު އެމީހުންގެ މެދުގައި އެ ތަކެތިން ހަމަހަމަ ގޮތުގައި ބޭނުންކޮށް އުޅުނެވެ.


އަބަދުވެސް ހިތްތިރިކަމާ، މަޑުމައިތިރިކަމާ އަދި ކެތްތެރިކަމުގައި، އަނެކުންނަށް ރުހެވިގެންވާ ބައެއްގެ ގޮތުގައިވެ، އެކަކު އަނެކަކާ މެދު ލޮބުވެތިކަމާއެކުގައި ވާށެވެ.


ކުށަށް މަޢާފު ނުކުރުމާއި، ޤަދަރުޅިއައުމުންނާއި، ރުޅިވެރި ބަސްތަކުން ހަޅޭ ލެވުމާއި، އަނެކުން ހިތުގައި ޖެހޭފަދަ ބަހުރުވައިން މުޚާތަބު ކުރުމާއި، ގަސްދުގައި އަނެކުންނަށް އަނިޔާވެރިވުމުން އެއްކިބާވާށެވެ.


އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.


ތިޔަބައިމީހުންގެ ޢަޒުމުގައި އަމިއްލަ އެދުން އިސްނުކުރާށެވެ. އަދި އަގުވެއްޓިދާފަދަ ސަޅިބައިސާތަކުގެ އެދުންތަކުން އެއްކިބާވެ ތިބޭށެވެ. އެއާއެކު، ތިމާއަށް ވުރެން އަނެކާގެ ހާލާއިމެދުގައި އަބަދުވެސް އިސްކަން ދޭށެވެ.


އެހެނަސް އަހަރެމެންގެ މެދުގައިވާ ތެދުވެރި މަގުގައި، ކުރިއަށް ދިއުމުގައި ދެމި ތިބޭށެވެ.


ތިޔަބައިމީހުންނަކީ މާތްކަލާނގެ ހޮއްވަވާފައިވާ ބަޔަކަށްވެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ބަޔަކަށް ވާތީ ތިޔަބައިމީހުންގެ ކިބައިގައި ހިތްހެޔޮކަމާއި، ރަހުމާއި، އޯގާވެރިކަމާއި، ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، އަދި ކެތްތެރިކަމުގެ ފޭރާމުން ފޭރާން ލާށެވެ.


އަހަރެމެން އެންމެން އެކަކުއަނެކަކާ އަޅާލައި އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ލޯބިވަމުން ދާށެވެ.


އެހެނީ އެއްވެސް މީހެއްގެ ކިބައިގައި އަނެކާ އާއިމެދުގައި ރަޙުމެއް ނުވާނަމަ އިންސާފު ކުރައްވާ ހިނދު އެމީހަކަށް ރަޙުމެއް ނުލިބޭނެއެވެ. ނަމަވެސް ކަލޭމެން އޯގާތެރިވެގެންވާނަމަ މާތްރަސްކަލާނގެ އިންސާފު ކުރައްވާ ހިނދު ކަލޭމެންގެ މައްޗަށް އެކަލާނގެ އޯގާވަންތަވެ ވޮޑިގެންވެއެވެ.


ނަމަވެސް މާތްރަސްކަލާނގެ ދެއްވާ ޙިކުމަތްތެރިކަން ލިބިގެންވާ ފަރާތްތައް ވާނީ ހެޔޮ ގޮތުގައި ތާހިރުވެގެންނެވެ. އެބައިމީހުން އަނެކުންނާއެކު ސުލްޙަވެރިކަން މަތީ ޙަޔާތު ވޭތުކުރެއެވެ. އެބައިމީހުންނީ ހިތްތިރި ބައެކެވެ. ކެތްތެރި ކަމުގައިވެ އަނެކުންގެ ވާހަކަތައް އެހުމުގައިވެއެވެ. އެބައިމީހުންނީ އޯގާތެރި ކަމާއި އެހީތެރިކަމުގައިވާ ބައެއް ވެސްމެއެވެ. އެއްބަޔަކަށް ވުރެން އަނެއްބަޔަކަށް އެބައިމީހުން އިސްކަމެއް ނުދެއެވެ. އެބައިމީހުންނީ ދެފުށް ދެގޮތް ބައެއް ވެސް ނުމެނޫންމެއެވެ.


އަހަރެމެން މަތިވެރިކަމެއް ދެނީ ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނަށެވެ. އައްޔޫބުގެފާނުގެ ކެތްތެރިވެ ވަޑައިގަތުމާއި އަދި އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަތުމުން ސާހިބުވަންތަކަލާނގެ އެކަލޭގެފާނަށް އެންމެފަހުން އެހީތެރިވެ ވޮޑިގެންނެވީ ހެޔޮ ގޮތުގައިކަން ކަލޭމެން ވާނީ އަޑު އަހާފައެވެ. ސާހިބުވަންތަކަލާނގެ މިފަދައިން އަމަލުކުރެއްވި ސަބަބަކީ އެކަލާނގެއީ އޯގާވަންތަ އަދި ރަޙުމަތްވަންތަ ރަސްކަލާނގެ ކަމުގައިވުމެވެ.


މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެން ވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


އެންމެހައި މީސްތަކުންނަށް އިޙްތިރާމް ކުރާށެވެ. މަސީޙީ އުންމަތުގައިވާ ހުރިހާ އެންމެންނާއިމެދު އަޚުވަންތަ ގުޅުމަކުން ލޯބިވާށެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވާށެވެ. އަހަރެމެން އެންމެންގެ ރަސްގެފާނަށް ޤަދަރު ކުރާށެވެ.


އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“


ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް އަޚުވަންތަކަމުގެ ކުލުނާ އެކުލައްވާށެވެ. އެ އަޚުވަންތަކަމުގެ ކުލުނުގައި ލޯބި ހިމަނާށެވެ.


އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތި ކަން މަތީ ތިބޭ ތިބުމުން ސާބިތު ކޮށްދެނީ އަހަރެމެން މަރުވެ ތިބުމަށް ފަހު އާ ޙަޔާތެއް ލިބިއްޖެ ކަމެވެ. އަނެކާގެ މައްޗަށް ލޯތްބެއްނުވާ ކޮންމެ މީހަކީ އަދިވެސް މަރުވެފައިވާ މީހެއްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ