Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:7 - ކިތާބުލް މުޤައްދަސާ

7 ހަމަ މިގޮތުގެ މަތިން ފިރިން ވެސް އެބައިމީހުންގެ އަނބިންގެ އިހުސާސްތައް ދަނެގަތުމާއެކު އަޅާލާން ޖެހޭނެއެވެ. އެކަނބަލުންނާއި އެކުގައި ޙަޔާތު ވޭތުކުރާއިރު އެކަނބަލުންނަކީ ތިޔަބައިމީހުންނަށް ވުރެން ނާޒުކު ބައެއްކަމުގައި ބަލައިގެންނެވެ. ނަމަވެސް އެކަނބަލުންނަށް ޤަދަރުކުރުމާއި އެކުގައެވެ. ސަބަބަކީ ތިޔަބޭކަލުންނަށް މާތްރަސްކަލާނގެ ދެއްވިފަދަ ނިޢުމަތްތަކެއް އެކަނބަލުންނަށް ވެސް އެކަލާނގެވަނީ ދެއްވާފައެވެ. އަދި އެކަނބަލުން އައުޙަޔާތުގެ ހަދިޔާއިން ތިޔަބޭކަލުންނާއި ޙިއްސާކުރެއެވެ. މިފަދައިން އެ އަނބިކަނބަލުންނާއި މެދު އަމަލު ނުކުރާނަމަ ތިޔަބައިމީހުންގެ ދުޢާ އައްސަވާވޮޑިގެންނުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:7
20 ပူးပေါင်းရင်းမြစ်များ  

ހަމައެހެންމެ މިދުނިޔޭގެ ބިމުގައި ކަމަކަށް އެދި ތިޔަބައިމީހުންގެ ތެރެއިން ދެމީހަކު އެކުގައި ތިބެ ދުޢާ ދަންނަވައިފިނަމަ، އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް އެކަމެއް ހިންމަވައި ދެއްވާނެ.


އަދި މި ހާމަކޮށްދެއްވާ ސިއްރަކީ އީސާ އަލްމަސީޙު ދެއްވި ދިންނެވުން ލިއްބައިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ ފަރާތްތަކާ ޙިއްސާ ކުރެއްވުމަށް ބަނީއިސްރާއީލު ދަރިކޮޅަށް ވަޢުދުވެ ވޮޑިގެންނެވުމެވެ. އަދި މި ދެދަރިކޮޅުގެ އަހުލުވެރިން މަސީޙީ ޖަމާޢަތުގައި އެއް ހަށިގަނޑެއް ފަދައިން ލެއްވިއެވެ.


އަދި ތިޔަބައިމީހުންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ހިތްދަތިކަން ލިބުނަ ނުދޭށެވެ. އެ ރޫޙުފުޅަކީ ތިޔަބައިމީހުން ޤިޔާމަތް ދުވަހުން ފާފަތަކުން މިނިވަން ކޮށް ދެއްވާނެކަމުގެ ޔަޤީންކަން ލިއްބައިދޭ ފާހަގައެވެ.


އެހެންވީމާ، ކޮންމެ ފިރިއަކު އޭނާގެ އަނބިމީހާ ދެކެ އޭނާގެ އަމިއްލަ ނަފުސާމެދު ލޯބިވާ ފަދައިން ލޯބިވާން ޖެހޭނެއެވެ. އަދި ކޮންމެ އަނތްބަކު އޭނާގެ ފިރިމީހާއަށް ޤަދަރު ކުރާން ޖެހޭނެވެސް މެއެވެ.


ކޮންމެ ވަގުތެއްގައްޔާއި އަދި ކޮންމެ މުނާސަބަތެއްގައިމެ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ދުޢާ ކުރާށެވެ. އަދި އެންމެހާ މަސީޙީންނަށް ދުޢާ ކުރުމުގައި ދެމިތިބޭށެވެ. ތިޔަބައިމީހުން ދުޢާކުރާ ހިނދު ސަމާލުވާށެވެ.


ފިރިންނޭވެ! ތިޔަބައިމީހުންގެ އަނބިންނަށް ލޯބި ދޭށެވެ. އެކަނބަލުންނާ މެދު ހަރުކަށި ނުވާށެވެ.


އެކަލާނގެ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް އޮބަހައްޓާނީ ކިހިނަކުންކަން ދަސްކުރުމަށެވެ. މާތްވެގެންވާ ގޮތުގެ މަތިން އެ ނަފްސުތަކަށް ޤަދަރު ކުރުމަށެވެ.


އަހަރެމެން ކުށްވެރި ނުވާކަމަށް އެކަލާނގެ އިޢުލާން ކުރެއްވި ސަބަބަކީ އެކަލާނގެ ނިޢުމަތްފުޅުގެ މަތިވެރި ކަމެވެ. އަދި މިހާރު އަހަރެމެން މި ވޭތުކުރާ ޙަޔާތަކީ ނިމުންނުވާ ޙަޔާތެއްކަން ޔަޤީންކަމާއެކު އެނގެއެވެ.


އެހެންވީއިރު، މަލާއިކަތުންނަކީ ކިހާވަރެއްގެ ބައެއް ހެއްޔެވެ؟ އެއީ އެކަލާނގެ ޚާދިމުން ނޫން ހެއްޔެވެ؟ އެއީ ދިންނެވުން ހާސިލްވާނެ މީހުންގެ ޚިދުމަތުގައި ތިބި ރޫޙުތަކެއް ނޫންހެއްޔެވެ؟


ހަމަ މިގޮތުގެ މަތިން ފިރިންނަށް އަނބިން ވެސް ބޯލަނބައި ކިޔަމަންތެރިވާން ޖެހޭނެއެވެ. ފިރިން ހެޔޮޚަބަރުފުޅު އަޑުއަހަން ދެކޮޅުވެރިވިޔަސް ތިޔަބައިމީހުން ކުރާ ތަޤުވާވެރި ހެޔޮ އަމަލުތައް ފެނި އެމީހުންނަށް އެބަސްފުޅުތައް ގަބޫލުކުރެވޭނެއެވެ. އެއީ އެވާހަކަ ދުލުން ނުބުނި ކަމުގައި ވިޔަސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ