Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:3 - ކިތާބުލް މުޤައްދަސާ

3 ބޭރުފުށަށް ފެންނަ ރީތިކަމާއިމެދު ފަރުވާތެރި ނުވާށެވެ. އެފަދަ ކަންތައްތައް ބިނާ ވެފައިވާނީ ޒަމާނީ ގޮތަށް ބޯހެދުމާއި، އަގުބޮޑެތި ގަހަނާ ތަކާއި، ނޫނީ ރިވެތި ވެގެންވާ ފޭރާންތަކުގެ މައްޗަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:3
22 ပူးပေါင်းရင်းမြစ်များ  

އެންމެހާ ޖަމަލުތައް ފެންބޮއި ނިމުމުން އެޚާދިމުކަލޭގެ ރިފްޤާގެ ނޭފަތުގައިލުމަށް ރަނުގެ މުއްޖަކާއި، އަތުގައި އެޅުމަށް ބޮޑެތި އުޅާގެ ރަން ދެ އުޅާ ދިނެއެވެ.


އަހަރެން އެކަނބުލޭގެއަށް ’⁠ކަނބުލޮގެ ބައްޕައަކީ ކޮންބޭކަލެއްތޯ؟⁠‘ އަހައި ސުވާލު ކުރީމާ އެކަނބުލޭގެ ޖަވާބުގައި މިފަދައިން ބުނި. ’⁠ތިމަންގެ ބައްޕަ އަކީ ނާޙޫރާއި މަލްކަތުގެ ދަރި ބަތޫއީލްއޭ.⁠‘ ދެން އަހަރެން އެކަނބުލޭގެ ނޭފަތުގައި ރަނުގެ ނޭފަތު މުއްޖެއް ލައިދީ އަދި އެކަނބުލޭގެ އަތުގައި ބޮޑެތި އުޅާގެ ރަން ދެ އުޅާ އަޅުވައިދިނީމު.


އެއަށް ފަހު އެކަލޭގެ ރިފްޤާއަށް ރަނާއި ރިހީގެ ގަހަނާއާއި އަންނައުނު ދިނެވެ. މީގެ އިތުރުން އަގުބޮޑެތި ހަދިޔާތައް އެކަނބުލޭގެ މަންމައަށާއި ބޭބެއަށް ވެސް ދިނެވެ.


ޢިބްރާނީންގެ އަންހެނުން އެމީހުންގެ އަވަށްޓެރިންނާއި އެމީހުން އުޅޭގޭގެ މިޞްރު އަންހެނުންގެ ގާތުން ހެދުމާއި ރަން ރިހީގެ ޒޭވަރުތައް ދިނުމަށް އެދޭނެ. މިތަކެތި އެމީހުންގެ ފިރިހެންދަރިންނާއި އަންހެން ދަރިންގެ ގައިގައި އަޅާނެ. މި ގޮތުން ކަލޭމެން ދާއިރު ދާނީ މިޞްރުގެ މުއްސަނދިކަން ވެސް ހިފައިގެން.⁠“


އެހެންވެ ހާރޫނުގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ އަނބިދަރިންގެ ކަންފަތުގައި ހުރި ރަނުގެ މުދިތައް މަގޭ ގާތަށް ގެނޭ.⁠“


މީސްތަކުންނަށް އެކަލާނގެ މި ހަރުކަށި ބަސްފުޅުތައް އިވުމުން އެމީހުން ރޮއި ހިތާމަކޮށް، ރީތި ހެދުންތަކާއި ގަހަނާ އެޅުން ހުއްޓާލިއެވެ.


އެމީހުން އައިއިރު އެމީހުންގެ އަންހެންވެރިން ވެސް އައެވެ. އެމީހުން އެތަކެތި ގެނައީ ހިތުން ރުހުމުންނެވެ. މާތްރަސްކަލާނގެއަށް ވެދުން ހުށަހެޅުމަށް، ހެދުމުގައި ޖަހާ ރަންރިހީގެ ދަތިތަކާއި ކަންފަތުލާ މުދިތަކާއި އިނގިލީގައި އަޅާ އަނގޮޓިތަކާއި ކަރުގައި އަޅާ ފައްޓަރުތަކާއި މިފަދަ އެއްޗެހިތައް އެމީހުން ގެނައެވެ. އެމީހުން މިގެނައި ތަކެތި މާތްރަސްކަލާނގެއަށްޓަކައި އެކިކަންކަމަށް ވެދުން ކުރިއެވެ.


ބަޞަލީލު ދެން ހެދީ އަތް ފައި ދޮންނަ ބިލިގާ ތައްޓެއް ވެ. މި ބިލިގާއާއި އެ ބަހައްޓާ ހަރުގަނޑު ހަދާފައި ހުރީ ވެސް ކަފުލޮއިންނެވެ. މި ތައްޓާއި ހަރުގަނޑު ހަދަން ކަފުލޮއި ހަދިޔާ ކުރީ ފޭލިގެކޮޅުގެ ދޮރުމަތި ބަލަހައްޓަން ތިބޭ އަންހެންވެރިންނެވެ. މިކަމަށް އެމީހުން ގެންގުޅޭ ކަފުލޯ މޫނުބަލާ ލޯގަނޑުތައް ހަދިޔާކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ