Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:20 - ކިތާބުލް މުޤައްދަސާ

20 މީގެ ޒަމާންތަކެއް ކުރިން މާތްރަސްކަލާނގެއަށް އެ އުރެދުނު މީހުންނާމެދު ނޫޙުގެފާނުގެ ނައުކޮޅު ބެންނެވުމާއި ހަމައަށް އެކަލާނގެ ވަނީ ކެތްތެރިވެވޮޑިގެންފައެވެ. އެ ބިރުވެރި ފެނުގެ ތޫފާނުގައި ހަމައެކަނި ސަލާމަތްވީ އެ ނައުކޮޅުގައި ވީ އަށް މީހުން އެކަންޏެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:20
28 ပူးပေါင်းရင်းမြစ်များ  

ދެން މާތްކަލާނގެ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ދުނިޔޭގައިވާ ހުރިހާ އެންމެން ނެތިކޮށްލައްވާނަން. އެއީ ދުނިޔެ އަނިޔާވެރިކަމުން ފުރިފައި ވަނީ އެމީހުންގެ ސަބަބުން. ހަމަކަށަވަރުން ވެސް ވަރަށް އަވަހަށް ތިމަންކަލާނގެ އެމީހުންނާއި ދުނިޔެވެސް ނެތިކޮށް ލައްވާނަން.


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ދިރުންދޭ ނޭވާއެއް އަބަދަކު އިންސާނުންނާއި އެކުގައި ނުވާނެ. އެއީ އެމީހުންނަކީ ފަނާވެ ނެތިދާނެ ބައެއް. އެމީހުންގެ މުއްދަތަކަށް ވާނީ ސަތޭކަ ވިހި އަހަރު.⁠“


އިންސާނުންގެ ނުބައިކަމުގެ ބޮޑުކަން ދުނިޔޭގައިވާ މިންވަރު މާތްރަސްކަލާނގެ ދެކެވޮޑިގެންވިއެވެ. އެމީހުންގެ ހިތުގައި އަބަދުވެސް އުފެދެނީ ނުބައިނުލަފާ ޚިޔާލުތައް ކަން އެކަލާނގެ ދެނެވޮޑިގެންވިއެވެ.


އެހެނަސް ނޫޙުގެފާނަށް މާތްރަސްކަލާނގެ ކިބަފުޅުން ރުއްސެވުން ލިބިވަޑައިގެންނެވިއެވެ.


ފެންބޮޑުވުމުގެ ހަތްދުވަސްކުރިން ނޫޙުގެފާނު އެކަލޭގެފާނުގެ ތިން ދަރިކަލުން ސާމާ އާއި ޙާމާ އާއި ޔާފަޘު އާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އަދި އެކަލޭގެފާނުގެ ތިން ދަރިކަލުންގެ އަނބިންނާއި އެކު ނައުކޮޅަށް އަރާވަޑައިގެންނެވިއެވެ.


ނަމަވެސް މާތްކަލާނގެ ނޫޙުގެފާނާއި އެކު ނައުކޮޅުގައި ވީހުރިހާ ޖަނަވާރުތަކުގެ މަތިން ހަނދުމަފުޅު ބެހެއްޓެވިއެވެ. އަދި މާތްކަލާނގެ ދުނިޔެއަށް ގަދަ ވަޔެއް ފޮނުއްވިއެވެ. އެއަށް ފަހު ބޮޑުވެފައިވާ ފެންގަނޑު ހިނދެން ފެށިއެވެ.


ދެން ނޫޙުގެފާނު އެކަލޭގެފާނުގެ އަނބިދަރިންނާއި ޅީ ދަރިން ގޮވައިގެން ނާކޮޅުން ފައިބާ ވަޑައިގެންފިއެވެ.


ހަނި ދޮރާށިން ވަދެގެން ދާން ކިތަންމެ ހަންޏަކަސް، އުނދަގުލަކަސް ޙަޔާތާ ދިމާއަށް ދެވޭނީ އެ ދޮރާށިން. އެހެންނަމަވެސް އެދޮރާށި ހޯދާނީ މަދު ބަޔަކު.⁠“


މަގޭ ލޮބުވެތި އެކުވެރިންނޭ. ބިރުނުގަނޭ. އެއީ ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު އެކަލާނގެ ރަސްކަންފުޅު ކަލޭމެންނަށް ދެއްވުމަށް ވަނީ ވަރަށް ބޮޑަށް ރުހިވޮޑިގެންފަ.


އެދުވަހު ޕަތަރަސް ދެއްކި ވާހަކަތައް ގަބޫލު ކުރި މީހުން ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އެދުވަހު ގާތްގަނޑަކަށް ތިން ހާސް މީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނުގެ މައްޗަށް އީމާންވާ މީހުންގެ ތެރެއަށް އިތުރު ވިއެވެ.


އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ.


ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.


މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެން ވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


އެގޮތުން ތިޔަބައިމީހުންގެ އީމާންތެރިކަމުން ލިބޭނެ އިނާމަކީ ތިޔަބައިމީހުންގެ ފުރާނައަށް ދިންނެވުން ހާސިލުވުމެވެ.


އެއް ޒަމާނެއްގައި މަގުގެއްލިގެންވީ ކަންބަޅިތަކެއް ފަދައިން ތިޔަބައިމީހުން ދަތުރު ކުރަމުން ގެންދިޔައެވެ. ނަމަވެސް މިއަދު ތިޔަބައިމީހުން ވަނީ ހުއިހައްޕައިދިން ފަރާތަށް އެނބުރި ރުޖޫޢަވެގެންނެވެ. އެއީ ތިޔަބައިމީހުންގެ ފުރާނައިގެ ބަލަދުވެރިޔާ އެވެ.


މިޙާލަތުގައި ކަސްތަޅު އެޅުވިފައިވީ ރޫޙުތަކަށް ވެސް އެކަލޭގެފާނު ވަނީ ވަޢުޡު އިއްވަވައި ދެއްވާފައެވެ.


އެހެންވީމާ، ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންތެރި ކަމާއެކު ވޭން ތަހައްމަލު ކުރާނަމަ ތިޔަބައިމީހުން ވެސް ޚަލްގުކުރެއްވި ވަފާތެރި ކަލާނގެއަށް ފުރިހަމައަށް އީމާންތެރިވެ ހެޔޮއަމަލުތައް ކުރުންމަތީ ދެމިތިބޭން ވާނެއެވެ.


އަދި ނޫޙުގެފާނުގެ ދުވަސްވަރު މާތްރަސްކަލާނގެއަށް އުރެދުނު ފަރާތްތައް ވެސް ބަރިއްޔަ ނުކުރައްވާ މުޅި ދުނިޔެއަށް ފެނުގެ ތޫފާނެއް ކުރިމަތި ކުރައްވާ އެބައިމީހުން ނެތި ކުރެއްވިއެވެ. ނަމަވެސް އެކަލާނގެ ޙައްޤު ބަސްފުޅު މީސްތަކުންނަށް އަންގައި ދެއްވުމުން ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާގެ ހަތް މެމްބަރުންނާއިއެކު، އަށް ބޭކަލުން އެކަލާނގެ ސަލާމަތް ކުރެއްވިއެވެ.


އަދި ހަނދުމަކުރާށެވެ. އަހަރެމެންނަށް ސަލާމަތްތެރިކަން ލިބިދިނީ އަހަރެމެންގެ މާތްސާހިބާގެ ކެތްތެރިވެ ވަޑައިގެންނެވުމުގެ ސަބަބުންނެވެ. އަހަރެމެންގެ ލޮބުވެތި އަޚު ޕައުލް ވެސް މި ބުނެވިދިޔަ ފަދައިން ތިޔަބައިމީހުންނަށް ބުނެދީފައިވެއެވެ. އޭނާ ތިޔަބައިމީހުންނަށް ލިޔެފައިވީ މާތްރަސްކަލާނގެ އޭނާއަށް ދެއްވި ޙިކުމަތުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ