Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:17 - ކިތާބުލް މުޤައްދަސާ

17 ހަނދާންކުރާށެވެ. މާތްކަލާނގެއަށް ކިޔަމަން ގަނެގެން ވޭނާ ކުރިމަތިލާން ޖެހުމަކީ ނުބައިކަންތަކެއް ކޮށްގެން ވޭނާ ކުރިމަތިލާން ޖެހުމަށް ވުރެން ހެޔޮކަން ބޮޑުކަމެކެވެ. އެއީ މާތްކަލާނގެ އެދިވޮޑިގެންވަނީ މިގޮތް ކަމަށް ވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:17
10 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ މޫނުފުޅު ބިންމަތީގައި ޖައްސަވާ ދުޢާ ކުރެއްވިއެވެ. ”⁠ބައްޕާފުޅާ! ބައްޕާފުޅު އެދިވޮޑިގެންވާ ކަމެއް ކަމުގައި ވަނީނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވާ. ނަމަވެސް އަޅުގަނޑު އެދޭ ފަދަޔަކުން ނޫން. އެހެނަސް ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން.⁠“


އީސާގެފާނު ދެވަނަ ފަހަރު ވެސް ވަޑައިގެން ދުޢާ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕާފުޅާ! އިތުރު އެހެން ގޮތެއް މިކަމުގައި ނުވާނަމަ، އަޅުގަނޑު ވޭނުގައިވާން ޖެހޭނަމަ، އަޅުގަނޑު ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާނަން.⁠“


ނަމަވެސް އޭނާ އެމީހުންނާ ހިތްހެޔޮކޮށް ދިއުމުގެ ކުރިން ބުންޏެވެ. ”⁠އެއީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ގޮތްނަމަ އަހަރެން އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނަން.⁠“ ދެން ޕައުލް އެފޭސުސްއިން ފުރައިގެން ދިޔައެވެ.


އަހަރެމެންނަށް ޕައުލް ޖެރޫސަލަމަށް ނުދާނެ ގޮތެއް އެތައް ވަރަކަށް ވާހަކަދައްކާ ވެސް ނުހެދުނެވެ. އެހެން ކަމުން އަހަރެމެން އޭނާއަށް އިތުރަށް އާދޭސް ކުރުން ހުއްޓަލާ ބުނީމެވެ. ”⁠މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންތައް ވުމަށް އެދި އަހަރެމެން ދުޢާ ކުރަން.⁠“


އެހެންވީމާ، އެދުވަހުން ތިޔަބައިމީހުން އުފާފާގަތި ކަމުގައިވާނެއެވެ. އެއީ ތިޔަބައިމީހުންނަށް އިރުކޮޅަކު ހިތްދަތި ކަމާއި އަދި ވޭނާ މުސީބާތްތަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސްމެއެވެ.


ތިޔަބައިމީހުން ވޭތުކުރަމުންގެންދާ ރީތި ދިރިއުޅުމުން ތިޔަބައިމީހުންނާއި މެދު ޙަޤީޤަތެއް ނެތް ތުހުމަތުތައް ކުރަމުން ދާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގެންވެއެވެ.


ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުންގެ ނުބައި އަމަލުތަކުން ވޭނާ ކުރިމަތިލާ ހިނދު މަޑުމައިތިރި ވިޔަކަސް އެއްވެސް ދަރުމައެއް ނުލިބޭނެއެވެ. ނަމަވެސް ތިޔަބައިމީހުން ހެޔޮ އަމަލުތަކުގައި ވީ ހިނދު ލިބިދޭ ވޭންތަކަށް ކެތްތެރިވުމުން ތިޔަބައިމީހުންނާމެދު މާތްރަސްކަލާނގެ އުފާވެވޮޑިގަންނަވައެވެ.


ނަމަވެސް ހެޔޮ އަމަލުތައް ކުރުމަށްޓަކައި ތިޔަބައިމީހުން ވޭންތަކެއް އުފުލާނަމަ، މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވާނެއެވެ. އެހެންވީމާ، ބިރުވެތިނުވާށެވެ. އަދި ކަންބޮޑު ވެސް ނުވާށެވެ.


މީހުންމެރުމާއި، ވައްކަންކުރުމާއި، އުނދަގޫކުރުމުގެ އިތުރުން އެހެނިހެން މީސްތަކުންނާއި މެދު ޖާސޫސު ކުރުމުގައި ތިޔަބައިމީހުން ވޭން ނުއުފުލާށެވެ.


އެހެންވީމާ، ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންތެރި ކަމާއެކު ވޭން ތަހައްމަލު ކުރާނަމަ ތިޔަބައިމީހުން ވެސް ޚަލްގުކުރެއްވި ވަފާތެރި ކަލާނގެއަށް ފުރިހަމައަށް އީމާންތެރިވެ ހެޔޮއަމަލުތައް ކުރުންމަތީ ދެމިތިބޭން ވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ