Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:11 - ކިތާބުލް މުޤައްދަސާ

11 ނުބައި އަމަލުތަކުން އެއްކިބާވެ ހެޔޮ އަމަލުތައް ކުރާށެވެ. އަނެކުންނާއި އެކުގައި ޞުލުޙަވެރި ގޮތުގައި ދިރިއުޅުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 3:11
37 ပူးပေါင်းရင်းမြစ်များ  

ތެދުމަގުން ހިނގާމީހާ ވިޔާ ނުދާ ކަންތަކުން ދުރުކުރާނެއެވެ. އެ މަގުންދާ މީހާއަކަށް ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ.


ފާފައިން އަފޫވާނީ އިޚުލާސްތެރި ކަމާއެކު އެކަލާނގެ ދެކެ ލޯބިވުމުންނެވެ. ވަހުޝީ އަމަލުތަކުން ސަލާމަތްވާނީ އެކަލާނގެ ދެކެ ބިރުވެތި ވުމުންނެވެ.


ކަލޯތީ މާމޮޅު މީހެއްކަމަށް ހީކޮށް ނުހުންނާށެވެ. އަބަދުވެސް މާތްރަސްކަލާނގެއަށް ބިރުވެތިވެ ނުބައި މަގަށް ފުރަގަސްދޭށެވެ.


މިފަދައިން ތިޔަބައިމީހުން އަމަލު ކުރިކަމުގައިވާ ނަމަ، ތިޔަބައިމީހުންނަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ޙަޤީޤީ ދަރިންކަމުގައިވާނެ. ނުބައި މީހުންނާއި ރަނގަޅު މީހުންނަށް އިރުގެ އަލިކަން އެކަލާނގެ ދެއްވާ. ނުބައި އަމަލުތަކުގެ މީހުންނަށާއި ހެޔޮ އަމަލުތަކުގެ މީހުންނަށް ވެސް އެކަލާނގެ ވާރޭ ފޮނުއްވާ.


މާތްރަސްކަލާނގެ ބަރަކާތް ހުރީ ސުލްޙަކުރުވާ މީހުންނަށް. އެހެނީ މާތްރަސްކަލާނގެ އެކަލާނގެ ދަރިންގެ ގޮތުގައި އެފަދަމީހުންނާއި މުޚާތަބު ކުރައްވާނެ.


އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!⁠‘


ތިޔަބައިމީހުންނާއިއެކު އަބަދުވެސް ފަގީރުންވާނެ. އަދި ބޭނުން ވަގުތެއްގައި އެމީހުންނަށް އެހީތެރިވެވިދާނެ. ނަމަވެސް ތިޔަބައިމީހުންގެ ކައިރީގައި އަބަދަށް އަހަރެން ނުހުންނާނެ.


އެ އަލީގެ ސަބަބުން ބިރާއި އަނދިރީގެ ތެރޭގައި ވާ މީހުންނަށް އަލިކަން ލިބި ތެދުމަގު ފެންނާނެ. އަދި އަހަރެމެންގެ ފިޔަވަޅުތައް އަމާންކަމުގެ މަގަށް އެނބުރޭނެ.⁠“


ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.


ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ސަބަތުގެ ދުވަހުގައި ކުރަން އަންގަވާފައި ވަނީ ރަނގަޅު ކަންތައްތަ ނުވަތަ ނުބައި ކަންތައްތަ؟ ފުރާނަ ސަލާމަތް ކުރުންތަ ނުވަތަ ފުރާނަ ނެތިކޮށްލުންތަ؟⁠“


އަޅުގަނޑު މިއެދެނީ އެމީހުން މިދުނިޔެއިން ގެންދެވުމަކަށް ނޫން. އެމީހުން ދުނިޔޭގައި ތިބި ނަމަވެސް ނުބައި ބާރު ކަމުގައިވާ ޝައިތާނާގެ ބާރުން އެމީހުން ސަލާމަތްކޮށް ބަލަހައްޓަވާ ދެއްވުން އެދި.


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ.


އަލްމަސީޙުގެ ފަރާތްޕުޅުން ލިބޭ ހިތްހަމަޖެހުން ތިޔަބައިމީހުންގެ ހިތްތަކުގެ މައްޗަށް ބާރުވެރި ކުރުވާށެވެ. އެހެނީ ތިޔަ އެންމެންނަށް ވެސް ގޮވާލެވުނީ އެއް ހަށިގަނޑެއްގެ ގޮތުގައި ދިރިއުޅުމަށެވެ. ވީމާ އަބަދުވެސް ޝުކުރު ކުރުން މަތީ ދެމިތިބޭށެވެ.


އެމީހުންނަށް ދެއްވި އެ މުއްސަނދިކަން ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ބުނެދޭށެވެ. ހެޔޮ އަމަލުތަކުގެ ސަބަބުން މުއްސަނދި ވެފައިވާނަމަ ދީލަތިކަމާއެކު ކަމަކަށް ބޭނުން ވެފައިވާ މީހާއަށް އެހީވާށެވެ. މާތްރަސްކަލާނގެ ދެއްވި ތަކެތިން އަބަދުވެސް އަނެކުންނާ ޙިއްސާ ކުރާށެވެ.


ކަލޭމެން ސުލްޙަވެރިކަމާއެކު އެންމެންނާއެކު އެކުއުޅެވޭތޯ ބަލާށެވެ. އަދި ތާހިރު މުޤައްދަސް ދިރިއުޅުމެއް އުޅޭށެވެ. އެފަދަ ދިރިއުޅުމެއް ނޫޅެ މާތްރަސްކަލާނގެ ޙަޟްރަތަކަށް ނުދެވޭނެއެވެ.


އަދި ހެޔޮ އަމަލުތައް ކުރުމަށާއި ބޭނުންޖެހިފައިވާ އަނެކުންނަށް އެހީވުމަށް ހަނދުމަ ނައްތާނުލާށެވެ. އެހެނީ މިކަންކަމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ޤުރުބާނީތަކެވެ.


އެހެންވީމާ ހެޔޮ ކަންތައްތަކަކީ ކޮބައިކަން އަހަރެމެންނަށް އެނގިހުރެމެ އެފަދައިން އަމަލުނުކުރާ މީހާއަށް އެ އަރައިގަނެވުނީ ފާފައަށެވެ.


ޞާލިޙު އަމަލުތަކުގައި ވީ ފަރާތްތައް މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވެއެވެ. އަދި އެފަދަ މީހުންގެ ދުޢާ އެކަލާނގެ އައްސަވާވޮޑިގެންވެއެވެ. ނަމަވެސް ނުބައިނުލަފާ އަމަލުތަކުގައި ވީ ފަރާތްތަކާއިމެދު މާތްކަލާނގެ ދެކޮޅުވެރިވެ ވޮޑިގަންނަވައެވެ.⁠“


އަހަރެންގެ އިޚުލާސްތެރި އަޚާއެވެ. ނުބައި އެއްވެސް ކަމެއް ނަކަލު ނުކުރާށެވެ. ނަމަވެސް ހެޔޮ ކޮންމެ ކަމެއްމެ ބަލައިގަންނާށެވެ. ހެޔޮ އަމަލު ކުރާ މީހާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. އެހެނަސް ނުބައި އަމަލުކުރާ ބަޔަކަށް މާތްކަލާނގެއަކީ ކޮބައިކަމެއް ނޭނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ