ޕަތަރަސްގެ ފުރަތަމަ ސިޓީ 2:9 - ކިތާބުލް މުޤައްދަސާ9 ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ. အခန်းကိုကြည့်ပါ။ |
އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.
ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.‘“
އަދި މިހުރިހާ ކަމެއް ގެނެސްދެނީ އެކަލާނގެއަށްޓަކައި އަހަރެމެން ޙަމްދާއި ސަނާ ކިޔުމަށެވެ. ސަބަބަކީ އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވި ޙައިރާން ކުރުވަނިވި ނިޢުމަތްފުޅެވެ. އެ ނިޢުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަގަކާއިނުލައެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިކަލުން، އަލްމަސީޙު މެދުވެރިކުރައްވައެވެ.
އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައި ވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތްފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ.
އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!
އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.
މީސްތަކުންނަށް ވަޢުޡު އިއްވާ ހިނދު މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވާށެވެ. މީހަކަށް ޚިދުމަތެއް ދޭނަމަ މާތްރަސްކަލާނގެ ދެއްވި ހިތްވަރުން ޚިދުމަތް ކުރާށެވެ. އެއީ މާތްރަސްކަލާނގެ ދެއްވި އެންމެހާތަކެތި އެކަލާނގެ ދެއްވެވީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އެކަލާނގެއަށް ސަނާ ކިޔުމަށެވެ. އެންމެހައި މަތިވެރި ކަމަކާއި އާރާބާރު ދާއިމަށް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އާމީން.