ޕަތަރަސްގެ ފުރަތަމަ ސިޓީ 2:8 - ކިތާބުލް މުޤައްދަސާ8 އަދި ”އެކަލޭގެފާނީ މީސްތަކުން އަޅައިގެން ވެއްޓިދާފަދަ ހިލައެކެވެ. އަދި މީސްތަކުން އެ ހިލައިގެ މައްޗަށް ވެއްޓިދެއެވެ.“ އެބައިމީހުން ވެއްޓިގެންދަނީ މާތްރަސްކަލާނގެ ބަސްފުޅު އަޑުނޭހުމުގެ ސަބަބުންނެވެ. އެހެންވީމާ މާތްރަސްކަލާނގެ ރާއްވަވާފައިވާ ގޮތުގެ މަތިން އެބައިމީހުން ތަގުދީރާއި ކުރިމަތިލައެވެ. အခန်းကိုကြည့်ပါ။ |
ދެން ސިމިއޯން އެމީހުންނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި މަރިޔަމްގެފާނަށް ބުންޏެވެ. ”މިކުއްޖާއަކީ ބަނީއިސްރާއީލުގެ އެތައްބަޔެއްގެ ނެތި ދިއުން ކަމުގައި އަދި އަނެއްބައެއްގެ މަތިވެރިވުން ކަމުގައި މާތްރަސްކަލާނގެ ލައްވާނެ. މިދަރިފުޅަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ފޮނުއްވާ އިންޒާރެއް. އެތައްބަޔަކުމެ މި އިންޒާރާއި ދެކޮޅުވާނެ.
މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އަހަރެން މީހުންނަށް ޚިތާނު ކުރުމަށް އަންގަމުން ގެންދެއޭ މީހުން އެބުނާ ބުނުން އެއީ ތެދެއްނަމަ، އަހަރެންނަށް ބަނީއިސްރާއީލު މީހުންގެ ފަރާތުން މިހުރިހާ އުނދަގޫތަކެއް ލިބެމުން މިދަނީ ދެން ކީއްވެހެއްޔެވެ؟ އަހަރެން އެފަދައިން ކަންތައް ކުރަމުން ދާނަމަ އަލްމަސީޙު ގެ ސަލީބު ގެ ވާހަކަ އަންގާދީ ކިޔާދެމުން މިދާ ދިންނެވުމުގެ ވާހަކަތަކާހެދި އަހަންނާމެދު އެއްވެސް ދެކޮޅުވެރިކަމެއް ނުވީހެވެ.
އާއެކެވެ. އެކަލޭގެފާނީ ތިޔަބައިމީހުންނަށް އަގުމަތިވެރި ބޭކަލެކެވެ. އެއީ އެކަލޭގެފާނަށް ތިޔަބައިމީހުން އީމާންވާތީއެވެ. ނަމަވެސް ބަޔަކު އެކަލޭގެފާނު ގަބޫލު ނުކުރިއެވެ. އަދި މުޤައްދަސް ފަތްފުށްތައް މިފަދައިން ވެސް އަންގައިދެއެވެ. ”ރާނާމީހުން އެއްފަރާތްކުރި ހިލައެއް، މިއަދު ބިންގަލުގެ އެންމެ މުހިންމު ހިލަ ކަމުގައި ވެއްޖެއެވެ.“
އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.
އަހަރެން މިފަދައިން ބުނަން ޖެހުނު ސަބަބަކީ ދީނެއް ނެތް ބަޔަކު ތިޔަބައިމީހުންގެ ތެރެއަށް ކަތުރުފަނިތަކެއް ހެން ވަދެގަނެ އެކަލޭގެފާނު އެންގެވި ހެޔޮޚަބަރުފުޅު އޮޅުވާލަމުން ގެންދާތީއެވެ. އެބައިމީހުން ބުނަމުން ދަނީ އަހަރެމެން ނުބައިނުލަފާ ގޮތްގޮތަށް އުޅުނަކަސް މާތްކަލާނގެ މަތިވެރި ނިޢުމަތްފުޅުން އަހަރެމެން ކުށްވެރި ނުކުރައްވާނެ ކަމަށެވެ. އެމީހުން ވަނީ އަހަރެމެންގެ ސާހިބާ އީސާ އަލްމަސީޙު ދޮގުކޮށްފައެވެ. މިފަދަ މީހުންނަށް ހުރި ޢުޤޫބާތުގެ ވާހަކަ މީގެ އެތައް ޒަމާނެއްގެ ކުރީގައި ވެސް ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ.