Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 2:7 - ކިތާބުލް މުޤައްދަސާ

7 އާއެކެވެ. އެކަލޭގެފާނީ ތިޔަބައިމީހުންނަށް އަގުމަތިވެރި ބޭކަލެކެވެ. އެއީ އެކަލޭގެފާނަށް ތިޔަބައިމީހުން އީމާންވާތީއެވެ. ނަމަވެސް ބަޔަކު އެކަލޭގެފާނު ގަބޫލު ނުކުރިއެވެ. އަދި މުޤައްދަސް ފަތްފުށްތައް މިފަދައިން ވެސް އަންގައިދެއެވެ. ”⁠ރާނާމީހުން އެއްފަރާތްކުރި ހިލައެއް، މިއަދު ބިންގަލުގެ އެންމެ މުހިންމު ހިލަ ކަމުގައި ވެއްޖެއެވެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 2:7
26 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ފަތްފުށްތަކުގައި ބަޔާންވެގެންވާ ބަޔާން ކުރެއްވުން ކިޔާފަ. ’⁠ރާނާ މީހުން ބަލައިނުގަނެ އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ގާ ކަމުގައި ވެއްޖޭ. މިއީ މާތްރަސްކަލާނގެ ކުރައްވާ ކަންކަމޭ. މިއީ ކޮންފަދަ ޙައިރާން ކުރުވަނިވި ކަމެއް ހޭ؟⁠‘⁠“


އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ކަލޭގެފާނު ކަމުގައިވާ އަލްމަސީޙު މެދުވެރިކޮށް ދުނިޔޭގެ ޤައުމުތަކުގެ މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން ހާމަ ކުރައްވާނެ. އަލްމަސީޙުގެ ސަބަބުން ބަނީއިސްރާއީލު މީހުންނަށް އިނބަރަސްކަލާނގެ މަތިވެރިކަން ފެންނާނެ.⁠“


ދެން ސިމިއޯން އެމީހުންނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި މަރިޔަމްގެފާނަށް ބުންޏެވެ. ”⁠މިކުއްޖާއަކީ ބަނީއިސްރާއީލުގެ އެތައްބަޔެއްގެ ނެތި ދިއުން ކަމުގައި އަދި އަނެއްބައެއްގެ މަތިވެރިވުން ކަމުގައި މާތްރަސްކަލާނގެ ލައްވާނެ. މިދަރިފުޅަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ފޮނުއްވާ އިންޒާރެއް. އެތައްބަޔަކުމެ މި އިންޒާރާއި ދެކޮޅުވާނެ.


ދެން އީސާގެފާނު ސީދާ އެމީހުންނާ ދިމާލަށް ބައްލަވާ ވިދާޅުވިއެވެ. ”⁠ދެން ވީއިރު މިހެން ލިޔެވިގެން ވުމުގެ މާނައަކީ ކޮބައި ހޭ؟ ’⁠ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ބައި ކަމުގައި ވެއްޖޭ.⁠‘


އެމީހުން އެ އަންހެންމީހާއަށް ބުންޏެވެ. ”⁠ފުރަތަމަ އަހަރެމެން އެކަލޭގެފާނު ގަބޫލުކުރީ ކަލޭ ދެއްކި ވާހަކަތަކުގެ ސަބަބުން. ނަމަވެސް މިހާރު އަހަރެމެން އެކަލޭގެފާނު ގަބޫލުކޮށް އީމާން މިވީ އަހަރެމެންގެ އަމިއްލަ ކަންފަތަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން. މިހާރު އަހަރެމެންނަށް މުޅިން ޔަޤީންވެ އެނގިއްޖެ އެކަލޭގެފާނަކީ ދުނިޔޭގެ މީސްތަކުން ދިންނަވާނެ ކަލޭގެފާނުކަން.⁠“


”⁠އަގިރިފާ ރަސްގެފާނު. އަޅުގަނޑަށް ހޭލާހުއްޓާ ހުވަފެނެއް ފަދައިން އުޑުން މާތްރަސްކަލާނގެ ދައްކަވާ މި އެންގެވި ކަންތައްތަކަކަށް އަޅުގަނޑު ނުކިޔަމަންތެރިއެއް ނުވަން.


އަދި އަމުރާއި އިޚުތިޔާރުގެ ވެރިފަރާތް ކަމަށްވާ އަލްމަސީޙާއި ގުޅުމުގެ ސަބަބުން ތިޔަބައިމީހުންގެ ދިރިއުޅުން ތިޔަވަނީ ފުރިހަމަވެފައެވެ.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


ރާޙާބަކީ ކަސްބީ އަންހެނެކެވެ. ވިޔަސް އޭނާ ޖާސޫސުންނަށް ހިމާޔަތް ދިނީ އޭނާގެ އީމާންތެރިކަމުންނެވެ. އެހެންކަމުން އެރަށުގައި ތިބި ކާފަރުންނާއެކުގައި އޭނާ ނައްތައެއް ނުލެވުނެވެ.


އަހަރެމެން ވެސް އެ އަރާމުގެ މަންޒިލަށް ވަނުމަށް ގަދައަޅަން ވާނެއެވެ. އެއީ އަހަރެމެންގެ ތެރޭން އެކަކު ވެސް އީމާންކަމުގެ މަގުން ކައްސާލައި ކުރީގެ ނުކިޔަމަންތެރިވި މީހުން ފަދައިން ގެއްލުނަ ނުދިނުމަށެވެ.


ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނު ދެކެ ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ.


މާތްސާހިބާ އީސާ އަލްމަސީޙުގެ އަރިހަށް އަންނާށެވެ. އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ ގެކޮޅުގައި ވީ ދިރިހުރި ބިންގަލެއް ފަދައިންނެވެ. މީސްތަކުން އެކަލޭގެފާނާއިމެދު އިންކާރު ކުރެއްވިއެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރައްވައި މަތިވެރި ކުރެއްވިއެވެ.


އަދި ”⁠އެކަލޭގެފާނީ މީސްތަކުން އަޅައިގެން ވެއްޓިދާފަދަ ހިލައެކެވެ. އަދި މީސްތަކުން އެ ހިލައިގެ މައްޗަށް ވެއްޓިދެއެވެ.⁠“ އެބައިމީހުން ވެއްޓިގެންދަނީ މާތްރަސްކަލާނގެ ބަސްފުޅު އަޑުނޭހުމުގެ ސަބަބުންނެވެ. އެހެންވީމާ މާތްރަސްކަލާނގެ ރާއްވަވާފައިވާ ގޮތުގެ މަތިން އެބައިމީހުން ތަގުދީރާއި ކުރިމަތިލައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ