ޕަތަރަސްގެ ފުރަތަމަ ސިޓީ 2:4 - ކިތާބުލް މުޤައްދަސާ4 މާތްސާހިބާ އީސާ އަލްމަސީޙުގެ އަރިހަށް އަންނާށެވެ. އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ ގެކޮޅުގައި ވީ ދިރިހުރި ބިންގަލެއް ފަދައިންނެވެ. މީސްތަކުން އެކަލޭގެފާނާއިމެދު އިންކާރު ކުރެއްވިއެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރައްވައި މަތިވެރި ކުރެއްވިއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު ވިދާޅުވިއެވެ. ”ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ފަތްފުށްތަކުގައި ބަޔާންވެގެންވާ ބަޔާން ކުރެއްވުން ކިޔާފަ. ’ރާނާ މީހުން ބަލައިނުގަނެ އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ގާ ކަމުގައި ވެއްޖޭ. މިއީ މާތްރަސްކަލާނގެ ކުރައްވާ ކަންކަމޭ. މިއީ ކޮންފަދަ ޙައިރާން ކުރުވަނިވި ކަމެއް ހޭ؟‘“
ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިޙާނުތަކުންނެވެ. އެހެނީ ރަން ވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލާން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު ބޮޑެވެފައި މާ މުހިންމު ކަމަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ.
އާއެކެވެ. އެކަލޭގެފާނީ ތިޔަބައިމީހުންނަށް އަގުމަތިވެރި ބޭކަލެކެވެ. އެއީ އެކަލޭގެފާނަށް ތިޔަބައިމީހުން އީމާންވާތީއެވެ. ނަމަވެސް ބަޔަކު އެކަލޭގެފާނު ގަބޫލު ނުކުރިއެވެ. އަދި މުޤައްދަސް ފަތްފުށްތައް މިފަދައިން ވެސް އަންގައިދެއެވެ. ”ރާނާމީހުން އެއްފަރާތްކުރި ހިލައެއް، މިއަދު ބިންގަލުގެ އެންމެ މުހިންމު ހިލަ ކަމުގައި ވެއްޖެއެވެ.“
މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.
މިގޮތުގެ މަތީން އެކަލާނގެ އަހަރެމެންނަށް ވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވިފަދައިން އަގުހުރި ހަދިޔާތަކެއް ދެއްވާފައެވެ. އެއީ މިހަދިޔާތަކުގެ އެހީގައި ދުނިޔޭގައިވާ ފާހިޝް ފަނާކުރަނިވި އެދުންތަކުން ތިޔަބައިމީހުން ސަލާމަތްވާނެ ފަދައިން ވުމަށެވެ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އިލާހީ ފިތުރަތުގައި ޙިއްސާވާނެ ހެން ވުމަށް ވެސް މެއެވެ.