Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 2:25 - ކިތާބުލް މުޤައްދަސާ

25 އެއް ޒަމާނެއްގައި މަގުގެއްލިގެންވީ ކަންބަޅިތަކެއް ފަދައިން ތިޔަބައިމީހުން ދަތުރު ކުރަމުން ގެންދިޔައެވެ. ނަމަވެސް މިއަދު ތިޔަބައިމީހުން ވަނީ ހުއިހައްޕައިދިން ފަރާތަށް އެނބުރި ރުޖޫޢަވެގެންނެވެ. އެއީ ތިޔަބައިމީހުންގެ ފުރާނައިގެ ބަލަދުވެރިޔާ އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 2:25
24 ပူးပေါင်းရင်းမြစ်များ  

މީހެއްގެ އަތުގައި ސަތޭކަ ކަންބަޅި ވި. އަދި އޭގެ ތެރެއިން އެއް ކަންބަޅި ގެއްލުނު. އޭނާގެ އަނެއް ނުވަދިހަ ނުވަ ކަންބަޅި ފަރުބަދައިގެ ކައިރީގައި ބައިތިއްބުމަށް ފަހު އޭނާ ގެއްލުނު ކަންބަޅި ހޯދަން ދާނެ.


އެކަލޭގެފާނުގެ އަރިހަށް އައިސްތިބި ގިނަ މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު އެމީހުންނާމެދު ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައި މީހުން ވަނީ ހުއިހައްޕާ ދޭނޭ މީހަކު ނެތި، އެތަން މިތަނަށް ފެތުރި، ހާސްވެ އުންމީދު ގެއްލިފައިވާ ކަންބަޅިތަކެއް ފަދައިން ވެފައެވެ.


އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.


ހިތްފަސޭހަކަން ދެއްވާ ކަލާނގެ ވަނީ އެންމެ މަތިވެރި ހުއިހައްޕާ ކަލޭގެފާނު ކަމަށްވާ މާތްސާހިބާ އީސާގެފާނު އަލުން ދިރުއްވައި އެކަލޭގެފާނުގެ ލޭފޮދުން އަބަދަށް ދެމިއޮންނާނެ ޢަހުދުނާމާ ފުރިހަމަކުރައްވައި ސިލު ޖައްސަވާފައެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


އުއްތަމަ އިމާމުގެ ކިބައިގައިވާ ބަލިކަށިކަމުގެ ސަބަބުން މަގުން ކައްސާލާފައިވާ މީހުންގެ ޖާހިލުކަން ހިތައި އެމީހުންނާމެދު ހަމްދަރުދީ ވެވެއެވެ.


މީގެ ޒަމާންތަކެއް ކުރިން މާތްރަސްކަލާނގެއަށް އެ އުރެދުނު މީހުންނާމެދު ނޫޙުގެފާނުގެ ނައުކޮޅު ބެންނެވުމާއި ހަމައަށް އެކަލާނގެ ވަނީ ކެތްތެރިވެވޮޑިގެންފައެވެ. އެ ބިރުވެރި ފެނުގެ ތޫފާނުގައި ހަމައެކަނި ސަލާމަތްވީ އެ ނައުކޮޅުގައި ވީ އަށް މީހުން އެކަންޏެވެ.


އެއަށް ފަހު އަލްމަސީޙު، ހުއިހެއްޕުމުގެ އެންމެމަތީ ވެރިޔާ އެނބުރި ވަޑައިގަތުމުން، އޭގެ ރީތިކަމަށް ފަނޑުކަމެއް ނާންނަ ފަދަ ނޫރުން އެކުލެވިގެންވާ މަތިވެރި ތާޖު، ތިޔަބައިމީހުންނަށް ލިބިދޭނޭއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ