ޕަތަރަސްގެ ފުރަތަމަ ސިޓީ 2:20 - ކިތާބުލް މުޤައްދަސާ20 ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުންގެ ނުބައި އަމަލުތަކުން ވޭނާ ކުރިމަތިލާ ހިނދު މަޑުމައިތިރި ވިޔަކަސް އެއްވެސް ދަރުމައެއް ނުލިބޭނެއެވެ. ނަމަވެސް ތިޔަބައިމީހުން ހެޔޮ އަމަލުތަކުގައި ވީ ހިނދު ލިބިދޭ ވޭންތަކަށް ކެތްތެރިވުމުން ތިޔަބައިމީހުންނާމެދު މާތްރަސްކަލާނގެ އުފާވެވޮޑިގަންނަވައެވެ. အခန်းကိုကြည့်ပါ။ |
އަދި އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނުގެ ހަށިކޮޅަށް ކުޅުޖަހައި އެކަލޭގެފާނު ކަނުބެންނެވުމަށް ފަހު އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅައި އެކަލޭގެފާނަށް ބުނަމުން ދިޔައެވެ. ”ނަބީބޭކަލެއް ވެއްޖިއްޔާ ބުނެބަލަ! ކާކު ޖެހިހެން ހީވަނީ!“ އަދި އެތަނުގައި ތިބި ފާރަވެރިން އެކަލޭގެފާނު ގެންދަވާ ތަޅައި އަނިޔާ ކުރަން ފެށިއެވެ.
އެއާއެކު، ތިޔަބައިމީހުން ފޮނުވި ހުރިހާ ތަކެއްޗެއް އަހަރެންނަށް ލިބިއްޖެއެވެ. އަދި މިތަކެތި ފުދޭވަރަށް ވުރެން ވެސް އިތުރު ކަމުގައި ބުނަމެވެ. ތިޔަބައިމީހުން ފޮނުވި ތަކެތި އެފަފުރޮދިތު އަހަރެންނަށް ގެނެސް ދިނެވެ. އެތަކެތި ވަނީ މާތްރަސްކަލާނގެއަށް ވެދުން ކުރެވޭ ހުނވަދު ފަދައިންނެވެ. ނޫނީ އެތަކެއްޗަކީ މާތްރަސްކަލާނގެއަށް ޤުރުބާން ކުރެވޭ ތަކެތީގެ ތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ތަކެއްޗެވެ.