Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 2:19 - ކިތާބުލް މުޤައްދަސާ

19 އެހެންވީމާ، ސާހިބުން އިންސާފެއްނެތި ތިޔަބައިމީހުންނަށް ވޭންތައް ކުރިމަތިކުރަމުން ދާ ހިނދު ތިޔަބައިމީހުން އެކަލާނގެ މަތިން ހަނދުމަކޮށް ކެތްތެރިވަމުން ދާނަމަ އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބަރަކާތްލައްވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 2:19
18 ပူးပေါင်းရင်းမြစ်များ  

ކަލޭމެން ހަމައެކަނި ކަލޭމެންގެ މައްޗަށް ހަމްދަރުދީ ވާ މީހުން ދެކެ ލޯބިވާ ނަމަ އެއިން ކަލޭމެންނަށް އޮތީ ކޮން ސަވާބެއް؟ ފާފަވެރިން ވެސް އެމީހުންގެ މައްޗަށް ހަމްދަރުދީ ވާ މީހުން ދެކެ ލޯބިވޭ.


ދުނިޔޭގެ މީސްތަކުން ކަލޭމެންނަކީ އަހަރެންގެ މީހުންނަށް ވީތީ ކަލޭމެން ދެކެ ނަފްރަތުކޮށް ރުޅިއަންނާނެ. އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ އެމީހުން ނުދަންނާތީ.


ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދުވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ.


އަދި ވޭނާއެކު މި ހުރިހާ ކަމެއް އަހަރެންނަށް ކުރިމަތި މިވަނީ މި ސަބަބަށްޓަކައެވެ. އެހެނަސް އަހަރެން ލަދުވެތި ނުވަމެވެ. އަހަރެން އިތުބާރުކުރާ ފަރާތަކީ ކޮބައިކަން އަހަރެން ދަންނަމެވެ. އެކަލޭގެފާނު އަހަންނާއި ޙަވާލު ކުރެއްވި ކަންތައް އެކަލޭގެފާނު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހާއި ހަމައަށް ރައްކާތެރި ކުރައްވާނެކަން އަހަންނަށް ކަށަވަރުވެއެވެ.


އެ އަޅުކަން ކުރާ މީހުންގެ ތެރޭން އެމީހުންގެ ފާފަތައް އަބަދަށްޓަކައި ފިލައިފިކަމުގެ ހިތްހަމަޖެހުން ލިބިފައިވާ ބަޔަކު ތިބިނަމަ އެމީހުންނަށް ކުށްވެރިކަމުގެ އިހުސާސް ކުރެވިގެން އަލުން ޤުރުބާނީ ހުށަހަޅަން ދިއުމުގެ ބޭނުމެއް ނެތެވެ.


ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުންގެ ނުބައި އަމަލުތަކުން ވޭނާ ކުރިމަތިލާ ހިނދު މަޑުމައިތިރި ވިޔަކަސް އެއްވެސް ދަރުމައެއް ނުލިބޭނެއެވެ. ނަމަވެސް ތިޔަބައިމީހުން ހެޔޮ އަމަލުތަކުގައި ވީ ހިނދު ލިބިދޭ ވޭންތަކަށް ކެތްތެރިވުމުން ތިޔަބައިމީހުންނާމެދު މާތްރަސްކަލާނގެ އުފާވެވޮޑިގަންނަވައެވެ.


މީހުންމެރުމާއި، ވައްކަންކުރުމާއި، އުނދަގޫކުރުމުގެ އިތުރުން އެހެނިހެން މީސްތަކުންނާއި މެދު ޖާސޫސު ކުރުމުގައި ތިޔަބައިމީހުން ވޭން ނުއުފުލާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ