ޕަތަރަސްގެ ފުރަތަމަ ސިޓީ 2:17 - ކިތާބުލް މުޤައްދަސާ17 އެންމެހައި މީސްތަކުންނަށް އިޙްތިރާމް ކުރާށެވެ. މަސީޙީ އުންމަތުގައިވާ ހުރިހާ އެންމެންނާއިމެދު އަޚުވަންތަ ގުޅުމަކުން ލޯބިވާށެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވާށެވެ. އަހަރެމެން އެންމެންގެ ރަސްގެފާނަށް ޤަދަރު ކުރާށެވެ. အခန်းကိုကြည့်ပါ။ |
އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.“
އަޅު ނޯކަރެއްގެ ގޮތުގައި މަސީޙީންގެ ތެރެއިން މީހަކު ވެއްޖެނަމަ އޭނާގެ ސާހިބު މީހާއަށް އިޙުތިރާމާއި ޤަދަރު ކުރުމާއެކު އަބަދުވެސް ކިޔަމަންތެރިކަން އަދާކުރާށެވެ. މިމަގުން ކަންތައް ކޮށްފިނަމަ މާތްރަސްކަލާނގެ އާއި ބެހޭގޮތުންނާއި އަހަރެމެންގެ މިއުނގަންނައިދިނުމާއި މެދު މީސްތަކުންނަށް ބަދުނާމެއް ނުކުރެވޭނެއެވެ.
އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“