ޕަތަރަސްގެ ފުރަތަމަ ސިޓީ 2:11 - ކިތާބުލް މުޤައްދަސާ11 މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ. အခန်းကိုကြည့်ပါ။ |
ޔަޢުޤޫބުގެފާނު ފިރުޢައުނަށް މިފަދައިން ދެންނެވިއެވެ. ”އަހަރެންގެ އުމުރުން މިހާރު ސަތޭކަ ތިރީސް އަހަރު. އަހަރެންގެ މުޅި އުމުރު ހޭދަވެ ގޮސްފައި މިވަނީ އެއްތަނުން އަނެއްތަނަށް ދިއުމުގައި. އަހަރެންގެ ކާބަފައިން ފަދައިން އަހަރެންގެ އުމުރު ދިގެއް ނޫން. އެއީ އަހަރެންގެ ދިރިއުޅުން ވަނީ އެތައް ވޭނަކާއި ހިތާމައަކުން ފުރިފައި.“
އޭގެ ބަދަލުގައި އަހަރެންނަށް ފެންނަނީ އަހަރެމެން އެމީހުންނަށް ސިޓީއެއް ލިޔެ މި ފަދައިން އެންގުމަށް. އެއީ އެމީހުން އެއްވެސް ކަލާނގެއަކަށް ޤުރުބާންކޮށް ހުށައަޅާފައިވާ ކާއެއްޗެހި ނުކެއުމަށާއި އަދި ކަރުއަނބުރާ މަރާލެވޭ ޖަނަވާރުތަކުގެ މަސް ނުކެއުމަށާ އަދި އެއްވެސް ޖަނަވާރެއްގެ ލޭ ނުބުއިމަށާއި އެއްވެސް ކަހަލަ ޖިންސީ ފާފައެއް ނުކުރުމަށް އެންގުމަށް.
ނަމަވެސް ތިޔަބައިމީހުން އެއްވެސް އެހެން ކަލާނގެއަކަށް ޤުރުބާން ކޮށް ހުށައެޅިފައި ވާ ކާއެއްޗެއް ކައިގެން ނުވާނެއެވެ. އަދި ތިޔަބައިމީހުން ޖަނަވާރެއްގެ ލޭ ކެއުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކަރުއަނބުރާ މަރާލެވިފައިވާ އެއްވެސް ޖަނަވާރެއްގެ މަސް ވެސް ކައިގެންނުވާނެއެވެ. އަދި ޖިންސީ ފާފައެއް ކޮށްގެން ނުވާނެއެވެ. މި ފަދައިން ތިޔަބައިމީހުން ކަން ކުރަނީނަމަ ތިޔަބައިމީހުންގެ ދިރިއުޅުން ރަނގަޅުވެ ރަޙުމަތްލެއްވޭނެއެވެ. ތިޔަ އެންމެންނަށް އަހަރެމެންގެ ފަރާތުން ހެޔޮއެދުން ފޮނުވަމެވެ.
އެހެންވީމާ، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ދަރިކޮޅުގެ މީހުން ކަމުގައިވާ ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައިވާ ބައެއް ނުމެނޫންމެއެވެ. އެގޮތުން މިހާރު ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކާއި އެކުގައިވާ ރައްޔިތުންނެވެ. ތިޔަބައިމީހުން މިލްކުވެގެން ވަނީ މާތްރަސްކަލާނގެ އާއިލާއަށެވެ.
މާތްރަސްކަލާނގެއަށް އީމާންތެރިކަން މަތީ ތިއްބެވި އެ އެންމެ ބޭކަލުން އަވަހާރަވެ ދިޔައީ އެބޭކަލުންގެ ޙަޔާތްޕުޅުގައި އެބޭކަލުންނަށް ވަޢުދުކުރެވުނު އެއްޗެއް ލިބިވަޑައި ނުގެން ކަމުގައި ވިޔަސް އެބޭކަލުންގެ އީމާންތެރިކަމެއް ދުލެއް ނުކުރައްވައެވެ. އެހެނީ އެބޭކަލުންނަށް ވަޢުދު ކުރެއްވުނު ހުރިހާ ތަކެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. އެކަންތައް އެބޭކަލުންނަށް ފެނިވަޑައިގަތީ ދުރުދުރުންނެވެ. އެހެންނަމަވެސް އެބޭކަލުން އެތަކެއްޗަށް މަރުހަބާ ވިދާޅުވިއެވެ. އެބޭކަލުން ދުނިޔެ މަތީގައި އުޅުއްވާފައި ވަނީ ބީރައްޓެހިންނާއި ރެފިއުޖީންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވިއެވެ.
އަދި ހަނދާންކުރާށެވެ. ތިޔަބައިމީހުން ދުޢާ ދަންނަވާ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ފައިސަލާ ކުރައްވާހިނދު ވަކިމީހަކަށް ވަކިގޮތެއް ނުހައްދަވައެވެ. އެކަލާނގެ ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން ކުރި ޢަމަލެއްގެ މައްޗަށެވެ. އެހެންވީމާ ތިޔަބައިމީހުން ބިދޭސީންގެ ގޮތުގައި މިބިންމަތީގައި ވާހިނދު އެކަލާނގެއަށް ޤަދަރުކޮށް ބިރުވެތިކަން މަތީ ވޭތިކުރާށެވެ.