ޕަތަރަސްގެ ފުރަތަމަ ސިޓީ 1:6 - ކިތާބުލް މުޤައްދަސާ6 އެހެންވީމާ، އެދުވަހުން ތިޔަބައިމީހުން އުފާފާގަތި ކަމުގައިވާނެއެވެ. އެއީ ތިޔަބައިމީހުންނަށް އިރުކޮޅަކު ހިތްދަތި ކަމާއި އަދި ވޭނާ މުސީބާތްތަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސްމެއެވެ. အခန်းကိုကြည့်ပါ။ |
އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.“
އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.
ތިޔަބައިމީހުންނާއި މެދު މާތްރަސްކަލާނގެ އޯގާވަންތަވެ ވޮޑިގަންނަވާ އެކަލާނގެ ނިމުމެއްނުވާ ޖަލާލަތުގައި ބައިވެރިވުމަށް އަލްމަސީޙު މެދުވެރި ކުރައްވާ ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވައެވެ. ތިޔަބައިމީހުން ހިނދު ކޮޅަކަށް ވޭން އުފުލި ކަމުގައިވިޔަސް އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައިވެ ހިތްވަރު ދީ ތިޔަބައިމީހުންނަށް ވާގިދެއްވައެވެ. އަދި ފުރިހަމަ ބިންގަލެއްގެމަތީގައި ތިޔަބައިމީހުން ގާއިމު ކުރައްވައެވެ.
ދެން ޙައްނާ ހަރުއަޑުން ދުޢާ ކުރިއެވެ. ”މާތްރަސްކަލާނގެއަށްޓަކައި މިއަޅާގެ ހިތް އުފަލުން ފުރިގެން ހިނގައްޖެ. އިނބަރަސްކަލާނގެ އިރާދަފުޅުން މިއަޅާގެ ދުޝްމިނުންގެ ކުރިމަތީގައި އިސް އުފުލާލެވިއްޖެ. އެގޮތަކީ މިއަދު މާތްރަސްކަލާނގެ މިވަނީ މިއަޅާ ނަޖާ ކޮށްދެއްވާފަ. އެކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް މިއަޅާ ސަނާ ދަންނަވަން.